ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނުން އަރަބި ގައުމުތަކަށް އިސްރާއީލަށް އެހީވުމާއި ދެކޮޅަށް އިންޒާރު ދީފި

އީރާނުގައި ކުރިއަށް ގެންދިޔަ އެންޓި އިސްރާއިލު ހަރަކާތެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އީރާނަށް ހަމަލާ ދިނުމަށްޓަކައި އަރަބި ގައުމުތަކުގެ ވައިގެ ސަރަަހައްދު ބޭނުންކުރުމަށް ފުރުސަތު ދިނުމާއި ދެކޮޅަށް އެ ގައުމުން އިންޒާރު ދީފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން އީރާނުންވަނީ އެ ގައުމަށް ހަމަލާއެއް ދިނުމަށްޓަކައި ގަލްފު ގައުމުތަކުގެ ވައިގެ ސަރަހައްދުގެ ބޭނުން ހިފަން ފުރުސަތު ދިނުމަކީ ބަލައިނުގަންނާނެ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި އެފަދަ ހާލަތެއްގައި އީރާނުން އެ އަމަލުތަކަށް އެކަށީގެންވާ ޖަވާބެއް ދޭނެކަމަށް ބުނެފައިވާކަމަށާއި މި ވާހަކަތައް އެ ގައުމުގެ އޮފިޝަލުން ދައްކަމުންދަނީ އިސްރާއީލުން ހަމަލާއެއް ދީފާނެކަމުގެ ފުރުސަތު ގާތްވަމުން ދިއުމާއިއެކުކަމަށެވެ.

ރޮއިޓާޒްއަށް އީރާނުގެ އޮފިޝަލަކު މި މައުލޫމާތުތައް ދީފައިވަނީ ސައުދީ އަދި އެހެނިހެން  ގައުމުތަކާއިއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަކްޗީ އެ ގައުމުތަކަށް ޒިޔާރަތްކުރައްވަމުން ގެންދަވަނިކޮށް ކަމަށްވާއިރު، ދާދި ފަހުން އީރާނުންވަނީ ގަތަރުގައި ކުރިއަށް ގެންދިޔަ އޭޝިއާ ކޮންފަރެންސްގެ ތެރެއިންވެސް ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިކަން ނޫހުން ފާހަގަކުރެއެވެ.

އޮފިޝަލަކު ހާމަކޮށްފައިވާގޮތުން އީރާނުންވަނީ އެ ގައުމާއި ދެޅަށް ވައިގެ ސަރަައްދު ބޭނުން ކުރަން ފުރުސަތު ދިނުމާއި އަސްކަރީ މަރުކަޒެއްގެ ބޭނުން ހިފަން ދިނުން ފަދަ އަމަލެއް އެއްވެސް އަރަބި ގައުމަކުން ހިންގައިފި ހާލަތެއްގައި އެއީ ހުރިހާ ގައުމަކުން ގުޅިގެން ނިންމާފައިވާ ނިންމުމެއްގެ ގޮތުގައި ބަލައިގަންނާނެކަމަށެވެ. އަދި އެ އަމަލުތަކަށް އެކަށީގެންވާ ޖަވާބެއް އީރާނުގެ ފަރާތުން ދޭނެކަމުގެ ޔަގީންކަން ދީފައިވާކަމަށެވެ.

އޭނާ މައުލޫމާތު ދިން ގޮތުން އީރާނުން ދީފައިވާ މެސެޖުން އިސްރާއީލާއި ދެކޮޅަށް ހުރިހާ ގައުމުތަކުން އެއްބައިވަންތަކަމާއިއެކު އަމަލުކުރުމުގެ މުހިންމުކަން ފެނިގެންދާކަމަށެވެ. އަދި އެއްވެސް ހާލަތެއްގައި އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދިނުން ބަލައިނުގަނެވޭނެކަންވެސް ސާފުކޮށް ހިއްސާކޮށްފައިވާނެކަމަށެވެ. އީރާނަށް ތެޔޮ އުފެއްދުމުގެ ދަތިތައް ކުރިމަތިވެއްޖެ ހާލަތެއްގައި އެހެން ގައުމުތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ނުކުރާކަމަށްވެސް ބުނެފައިވާއިރު އިސްރާއީލުގެ ހަމަލާއެއް އަމާޒުކޮށްފި ހާލަތުގައި ސަރަހައްދީ އެއްބައިވަންތަކަމަށް ގޮވާލިކަމަށާއި ވަކި ފަރާތަކަށް ނުޖެހި ހުރުމަކީ އެންމެ ކުޑަމިނުން ކުރެވޭނެ ކަންތައް ކަމަށްވެސް ބުނެފައިވާކަމަށް ހުޅަނގުގެ ޑިޕްލޮމެޓަކު ރޮއިޓާޒް އަށް މައުލޫމާތު ދީފައިވެއެވެ.

އީރާނުންވަނީ އެ ސަރަހައްދުގެ ގައުމުތަކުން އިސްރާއީލުން ހަމަލާއެއް ދީފި ހާލަތެއްގައި އަމަލުކުރާ ގޮތް ގާތުން ބަލަމުންދާނެކަމަށް ބުނެފައިކަމަށްވެސް މައުލޫމާތު ދީފައިވާއިރު، އެމެރިކާގެ އަސްކަރީ މަރުކަޒުތައް އެ ގައުމުތަކުގައި ތިބިކަމަށްވެސް އަލިއަޅުވާލިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: