ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ކްލައިމެޓް އެޑެޕްޓޭޝަން ފިޔަވަޅުތައް އަވަސްކުރުމަށް ވޯލްޑް ބެންކުގެ އިރުޝާދު!

ވޯލްޑް ބޭންކުން ރާއްޖެއަށް ބޮޑު އެހީއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯލްޑް ބެންކުން ދިވެހިރާއްޖޭގެ މާލީ ހާލަތަށް އަލިއަޅުވައި އާންމުކޮށްފައިވާ ރިޕޯޓެއްގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ކްލައިމެޓް އެޑެޕްޓޭޝަން ފިޔަވަޅުތައް އެޅުން އަވަސްކުރަންޖެހޭކޭކަމަށް ބުނެފިއެވެ. މި ރިޕޯޓުގައި ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށްފައިވެއެވެ.

ވޯލްޑް ބެންކުން ބުނެފައިވާ ގޮތުގައި، ގެސްޓް ހައުސްތަކާއި ރިސޯޓުތައްވެސް ހިމެނޭ ގޮތަށް ފަތުރުވެރިކަމުގެ ދާއިރާގައި ކްލައިމެޓް އެޑެޕްޓޭޝަން މަސައްކަތްތަކުގެ ދުވެލި މިހާރަށްވުރެ ބާރުކުރަން ޖެހެއެވެ. 55 ރިސޯޓު ހިމެނޭ ގޮތަށް ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، 90 އިންސައްތަ ރިސޯޓުތަކުގައި ރަށްގިރުމުގެ މައްސަލަތައް ދިމާވެފައިވެއެވެ. އަދި 60 އިންސައްތަ ރަށްތަކުން މޫސުމީ ބަދަލުތަކުގެ ސަބަބުން އިންފްރާސްޓްރަކްޗަރ ހަލާކުވެފައިވާކަން ރިޕޯޓުކޮށްފައިވެއެވެ.

މި ހާލަތްތަކުން ފަތުރުވެރިކަމުގެ ދާއިރާ ރައްކާތެރިކުރުމަށްޓަކައި ގާނޫނީ އޮނިގަނޑު ހަރުދަނާކުރަންޖެހޭކަމަށް ވޯލްޑް ބެންކުން ފާހަގަކޮށްފައިވެއެވެ. އަލަށް ބިނާކުރާ ރިސޯޓުތަކާއި ގެސްޓްހައުސްތައް މޫސުމީ ބަދަލުތަކުގެ އަސަރުތައް ކުޑަވާނެ ގޮތަށް އަދި ތިމާވެއްޓާޓާ ރައްޓެހި އިންފްރާސްޓްރަކްޗަރ ބޭނުންކޮށްގެން ބިނާކުރާކަން ކަށަވަރުކުރުން މުހިންމުކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށްވެސް ބޮޑެތި ނޭދެވޭ އަސަރުތައް ކުރާނެކަމަށް ބެލެވޭކަމަށް ވޯލްޑް ބެންކުން ފާހަގަާހަގަކޮށްފައިވެއެވެ. ހައި އެމިޝަން ހާލަތެއްގައި 21 ވަނަ ގަރުނު ނިމޭއިރު، ގުދުރަތީ މާހައުލުން ބާނާ މަހުގެ އަދަދުތައް 100 އިންސައްތަ ދަށަށް ދިއުމުގެ ފުރުސަތު އޮތްކަމަށާއި، މިއީ ރައްކާތެރިވުމަށް ފިޔަވަޅު ނާޅައިފިނަމަ ނުކުންނާނެ ނަތީޖާއެއްކަމަށް ބުނެފައިވެއެވެ.

ވޯލްޑް ބެންކުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ދެނެގަތުން މުހިންމެވެ. މެރިކަލްޗަރ އާއި ޑީޕް ސީ ފިޝަރީޒްގެ މަސައްކަތްތައް ތަޢާރަފުކުރުމާއި، މަސް އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ހިޖުރަކުރާ ކުރުމަށް މޫސުމީ ބަދަލުތަކުގެ ސަބަބުން އަންނަ ތަފާތުތައް ދިރާސާކުރުމަކީ މުހިންމު ކަންކަން ކަމުގައި ވޯލްޑް ބެންކުން ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ދެ ދާއިރާ ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް މޫސުމީ ބަދަލުތަކުން ކުރާނެ އަސަރުތަކާއި، އެ އަސަރުތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކެވެ. ވޯލްޑް ބެންކުން މި ރިޕޯޓު ނެރެފައިވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތަށް އަލިއަޅުވާލުމުގެ ގޮތުންނެވެ.

މި ރިޕޯޓުގައިވާ ހުށަހެޅުންތަކަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް މުހިންމު ކަންކަން ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ކްލައިމެޓް އެޑެޕްޓޕްޓޭޝަން ފިޔަވަޅުތައް އަވަސްކުރުމަކީ ކުރިމަގުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.

ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މި ރިޕޯޓުގައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: