އައްނަބީލާ ޙަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ޚަދީޖާ ނިޔާވުމާއި ގުޅިގެން ރައީސް ވިދާޅުވީ އެކަމަނާ ވަނީ ދިވެހިރާއްޖޭގެ ތައުލިމީ ދާއިރާއާއި، އަންހެނުން އަންހެނުންނަށް ކުރިއެރުމާއި އެކި ފުރުސަތުތައް ފަހިކޮށްދިނުމުގެ ދާއިރާއާއި، ހާރިޖީ ގުޅުންތަކުގެ ދާއިރާގައިވެސް ސަރުކާރަށް ހިދުމަތް ކުރައްވާފައި ކަމަށެވެ.
އައްނަބީލާ ޚަދީޖާ އިބްރާހީމްދީދީ އަކީ ސުމުއްވުލް އަމީރު އަލްމަރުޙޫމް އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ދަރިކަނބަލުންނެވެ. ކުރީގެ ބޮޑު ވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލިގެފާނު ނުވަތަ އަލްއަމީރު އިބްރާހިމް އަލީދީދީގެ 4 ބޭކަންބަލުންގެ ތެެރެއިން އައްނަބީލާ ހަދީޖާ އިބްރާހީމް ދީދީ އާލާސްކަންފުޅާ އުޅުއްވިތާ ދުވަސްތަކެއް ވެގެންގޮސް އެކަމަނާ އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައެވެ.
އަވަހާރަވީއިރު އެކަމަނާގެ އުމުރުފުޅަކީ 68 އަހަރެވެ. ހާދީޖާ އިބްރާހިމް ދީދީގެ ޖަނާޒާ އޮންނާނީ މަޢުރިބު ނަމާދަށްފަހު މަސްޖިދުއްތަޢާވުނި، އާސަހަރާ މިސްކިތުގައެވެ.

