ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭޕް މަނާ ކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް، ޑަބްލިއުއެޗްއޯގެ ތައުރީފް!

ވޭޕް ކުރަން ބޭނުން ކުރާ އާލަތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެމްބަރު 15 އިން ފެށިގެން ރާއްޖޭގައި ވޭޕް މަނާ ކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން މަރުޙަބާ ކިޔައިފިއެވެ.

ޑަބްލިއުއެޗްއޯގެ ދެކުނު އޭޝިއާ ގޮފިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވޭޕް ކުރުމުގެ އާދަ ޅަފުރައިގެ ކުދިންގެ ކިބައިގައި އިންތިހާ ދަރަޖައަށް އަށަގަންނަމުންދާ ކަމަށެވެ. މި ކަން ހުއްޓުވުމަށް ރާއްޖެއިން އަޅާފައިވަނީ މުހިންމު ފިޔަވަޅެއް ކަމަށް ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައިވެއެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ވޭޕް ކުރުމާ ގުޅޭ ރާއްޖޭގެ ބައެއް ތަފާސް ހިސާބު ހިއްސާކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރު ހެދި ’ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭ‘ އާ ހަވާލާދީ ޑަބްލިއުއެޗްއޯ އިން ބުނެފައިވަނީ އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 23.1% ފިރިހެން ކުދިން އަދި 10.7% އަންހެން ކުދިން އީ-ސިގިރޭޓް ބޭނުންކުރާ ކަމަށެވެ.

މި ސަރަޙައްދުގެ އެހެން ޤައުމުތަކުގައިވެސް ޒުވާނުންގެ މެދުގައި ކަންބޮޑުވާ ދަރަޖައަށް އިލެކްޓްރޯނިކް ސިގިރޭޓް ބުއިން އެބަ އޮތްކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ކެންސަރާއި ފުއްޕާމޭގެ ބަލިތައް ފަދަ ނުރައްކާތެރި ބަލިތައް ޖެހުމަށް މަގުފަހިވާނެކަމަށް ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައިވެއެވެ.

ވޭޕް ކުރުމަކީ ފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑަށް ފެތުރެމުން އަންނަ ނުރައްކާތެރި އާދައެކެވެ. މިއީ ސިނގިރޭޓް ބުއިމުގެ ބަދަލުގައި ސިއްޙަތަށް ރަނގަޅު ގޮތެއް ކަމަށް ދެކިގެން ގިނަ ބަޔަކު ފަށާފައިވާ ކަމެކެވެ. ނަމަވެސް، މިއީ ޙަޤީޤަތުގައި ސިއްޙަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެއްކަމަށް ގިނަ ބަޔަކު ބުނެއެވެ.

ނޮވެމްބަރު 15 ވަނަ ދުވަހަށްފަހު ރާއްޖޭގައި ވޭޕް ބޭނުންކުރާނަމަ ޖޫރިމަނާ ކުރުމަށް ޤާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ފިޔަވަޅަކީ ރާއްޖޭގެ ޒުވާނުންގެ ސިއްޙަތު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: