ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރާ އިސްލާހު އަވަސްކްކުރުމަށް ޕީއެންސީން ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވާ ފަރާތްތައް މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު އަވަސްކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ގޮވާލައިފިއެވެ.

މެއި މަހުގެ 29 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުނު މި އިސްލާހު މިހާރު ވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވިފައެވެ. ޖުމްލަ 88 މެންބަރުންގެ ވޯޓާއެކު މި މައްސަލަ 241 ކޮމިޓީއަށް ފޮނުވިތާ މިހާރު ވަނީ 6 މަސް ފާއިތުވެފައެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން އިމިގްރޭޝަން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވީހާވެސް އަވަހަކަށް ގެނައުމަކީ އެ ޕާޓީން ތާއީދުކުރާ ކަމެއް ކަމަށެވެ. އަދި މަޖިލީހުގެ މަޝްވަރާއާއި ލަފާގެ މަތިން ރައީސް ނިންމަވާފައިވާ ގޮތަށް މި ބަދަލުތައް ގެނައުމަށް އެ ޕާޓީން ގޮވާލާފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު، ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން، ރާއްޖެއިން އަޅަން ނިންމާފައިވާ މި މުހިންމު ފިޔަވަޅަށް އެ ޕާޓީއިން ފުރިހަމަ ތާއީދުކުރާ ކަމަށެވެ.

މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. މި ބިލުގައި ހިމެނެނީ އިސްރާއީލް ޕާސްޕޯޓާއި އެހެން ޤައުމެއްގެ ޕާސްޕޯޓެއް އޮތް އިސްރާއީލްގެ ރައްޔިތަކު ވެސް ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައެޅުމެވެ.

ޕީއެންސީން މި މައްސަލައިގައި ގޮވާލާފައިވަނީ، މަޖިލީހުގައި އޮތް އިމިގްރޭޝަންގެ ޤާނޫނު އިޞްލާހުކުރުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް އަވަހަށް ނިންމައި، ރައްޔިތުންގެ ރޫހާއި ވިންދާ އެއްގޮތަށް ރައީސް ނިންމަވާފައިވާ ނިންމެވުން ހަޤީޤަތަކަށް ހެދުމުގެ މަސައްކަތް މަޖިލީހުން ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: