ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލެ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީޒް ނިންމާލައިފި

ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީޒް ނިމިފައިވާކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްގެ ފީސިބިލިޓީ ސް ސްޓަޑީޒްގެ މައުލޫމާތުތައް ބަދަލުކޮށް، މެމޮރަންޑަމްއެއްގައި ސޮއިކޮށްފައިވެއެވެ.

މި މެމޮރަންޑަމްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޗައިނާގެ ސަފީރު ވޭންގް ލީޒިންއެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި މަސައްކަތްތަކާއެކު ޑިޒައިން އެންޑް ޕްރޮކިއަމަންޓް މަރުހަލާއަށް ދިއުމަށް ބޭނުންވާ ބިންގާ އެޅިފައިވާ ކަމަށެވެ.

މި ހޮސްޕިޓަލް ގާއިމުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ޗައިނާގެ އެމްބަސީގެ އޮފިޝަލުންނާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުންވެސް ބައިވެރިވިއެވެ.

މި ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ފެށުމާއެކު، ވިލިމާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޞިއްޙީ ޚިދުމަތް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ވިލިމާލޭގެ ތަރައްގީއަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: