ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ފިހާރައަކުން ވައްކަން ކުރި ތިން މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ފިހާރައަކުން ވައްކަން ކުރި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ، މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު މާވެޔޮމަގުގައި ހުރި ފިހާރައެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކޮށްފައިވާ ކަމަށް ފާހަގަ ކުރެވުނު ކަމަށެވެ. އެހެން ކަމުން ސީސީޓީވީ ފްޓޭޖް ބަލައިގެން އެކަން ދެނެގަނެ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ތިން މީހުން ހޯދާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެ ފިހާރައިން އެ މީހުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ އާއި ސިގިރޭޓް ކާޓޫންތަކެއްވެސް ވަނީ ހޯދައިފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިބްރާހިމް މުހައްމަދު ދަނބުރުއްދޮށުގެ / ރ. އިނގުރައިދޫ، މުހައްމަދު ސަބާހު ލިލީގެ / ގދ. ވާދޫ އަދި އިހުސާން އިބްރާހިމް އަތަމާގެ / ގދ. ވާދޫ އެވެ.

މި މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އިހުސާންގެ ބަންދަށް 30 ދުވަސް އަދި ސަބާހާއި އިބްރާހިމްގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: