ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ 2 މެންބަރަކު އައި.ޕީ.ޔޫގެ މުހިންމު ދެ މަޤާމަކަށް

ނިލަންދޫ ދާއިރާގެ މެންބަރު އަލްފާޟިލާ ފާޠިމަތު ސައުދާ އާއި މާފަންނު މެދުދާއިރާގެ މެންބަރު އަލްފާޟިލާ އަސްމާ ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) ގެ މުހިންމު ދެ މަޤާމަކަށް ރައްޔިތުންގެ މަޖިލީހުގެ 2 މެންބަރަކު އިންތިޚާބުވެވަޑައިގެންފިއެވެ.

މިހާރު ޖެނީވާގައި ކުރިއަށްދާ އައި.ޕީ.ޔޫ.ގެ 149 ވަނަ އެސެމްބްލީގައި އިންތިޚާބުކޮށްފައިވަނީ އައި.ޕީ.ޔޫ.ގެ ހައި-ލެވެލް އެޑްވައިޒަރީ ގްރޫޕް އޮން ކައުންޓަރިންގ ޓެރަރިޒަމް އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމްގައި އޭޝިޔާ ޕެސިފިކް ސަރަޙައްދު ތަމްސީލް ކުރުމަށް މާފަންނު މެދުދާއިރާގެ މެންބަރު އަލްފާޟިލާ އަސްމާ ރަޝީދު އާއި ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްގައި އޭޝިޔާ ޕެސިފިކް ސަރަޙައްދު ތަމްސީލް ކުރުމަށް ނިލަންދޫ ދާއިރާގެ މެންބަރު އަލްފާޟިލާ ފާޠިމަތު ސައުދާއެވެ. މި ދެ މަޤާމަކީވެސް އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ އަންހެން މެންބަރުންނަށް ހުޅުވާލެވުނު ދެ މަޤާމެކެވެ.

ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާނޫނުހަދާ މަޖިލިސްތަކުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަކާލާތުކުރުމަށް އައި.ޕީ.ޔޫ. ގައި އުފައްދާފައިވާ ޚާއްޞަ ޕްލެޓްފޯމެކެވެ. ޤާނޫނުހަދާ މަޖިލިސްތަކުގެ ޖުމްލަ މެންބަރުންގެ ތެރެއިން ޒުވާނުންގެ ނިސްބަތަކީ 3 އިންސައްތައަށްވުރެ ކުޑަ އަދަދަކަށްވާތީ، ޤާނޫނުހަދާ މަޖިލިސް ތެރޭގައާއި އަދި ދުނިޔޭގެ މައިދާނުގައިވެސް ސިޔާސީ ނިންމުންތައް ނިންމުމުގައި އެމީހުންގެ އަޑު އިއްވުމުގައި މި ފޯރަމްއިން އިސް ދައުރެއް އަދާކުރެއެވެ.

ހައި-ލެވެލް އެޑްވައިޒަރީ ގްރޫޕް އޮން ކައުންޓަރިންގ ޓެރަރިޒަމް އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމް އަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި އަނިޔާވެރި ހަރުކަށި ފިކުރު ހުއްޓުވުމަށް ޤާނޫނުހަދާ މަޖިލިސްތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވެދީ، އެފަދަ މައްސަލަތަކަށް ޙައްލު ހޯދުމަށް ސިޔާސަތުތަކާއި ފިޔަވަޅުތަކާ ބެހޭގޮތުން ޤާނޫނުހަދާ މަޖިލިސްތަކަށް ލަފާދިނުމަށް އައި.ޕީ.ޔޫ. ގައި އުފައްދާފައިވާ ގްރޫޕެކެވެ.

މީގެކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ އައި.ޕީ.ޔޫ.ގެ އެކި މަޤާމުތައް އަދާކުރައްވާފައެވެ. ރައްޔިތުންގެ މަޖިލިސް އައި.ޕީ.ޔޫ.ގެ މެންބަރަކަށްވީ 2005 ވަނަ އަހަރުގައެވެ. ރައްޔިތުންގެ މަޖިލީހަކީ އައި.ޕީ.ޔޫ.ގެ މެންބަރު ޤައުމުތަކުގެ ތެރެއިން ޙަރަކާތްރެރި އެއް ޤާނޫނުހަދާ މަޖިލިސްކަމަށް އައި.ޕީ.ޔޫ. އިން ފާހަގަކޮށް، މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްވަނީ އައި.ޕީ.ޔޫ.ގެ އެސެމްބްލީގައި ދައްކާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: