ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްއޭއެމްގެ ބައެއް މަގާމުތަކަށް މީހުން ހޯދުމަށް އިއުލާންކޮށްފި

އެފްއޭއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ބައެއް މަގާމުތަކަށް މީހުން ހޯދުމަށް އިއުލާންކޮށްފިއެވެ.

މިހާރު އެފްއޭމްއެމް ހިންގަމުން އަންނަނީ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީއަކުންނެވެ.

އެފްއޭއެމްއިން ގެޒެޓުގައި އިއުލާން ކޮށްފައިވަނީ ލްޓައިމް ފައިނޭންޝަލް ކޮންޓްރޯލަރަކާއި ފައިނޭންސް އޮފިސަރެއްގެ އިތުރުން ލީގަލް ކައުންސެލާއަކަށެވެ.

މި އިއުލާނުގައި ބުނެފައިވަނީ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތަކީ އެފްއޭއެމްގެ މާލީ މުއާމަލާތްތައް ހިނގާ ގޮތް ބެލުމާއި މާލީ ގޮތުން ދޭންޖެހޭ ލަފާދިނުމާއި އެފްއޭއެމްއަށް ލިބެންޖެހޭ އާމްދަނީއާއި ދަރަނީގެ ތަފްސީލް ހޯދައި ބެލެހެއްޓުމާ އަދި އެފްއޭއެމްގެ އެސެޓް މެނޭޖްކުރުންކަމަށެވެ. ލީގަލް ކައުންސެލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެފްއޭއެމްގެ ގާނޫނީ މައްސަލަތަކުގައި ލަފާ ދިނުން ހިމެނެއެވެ. އަދި އެފްއޭއެމް ހިންގުމަށް ހަދާފައިވާ ގަވައިދުތަކާއި އުސޫލުތައް ހުރީ ބައިނަލްއަގްވާމީ އަދި ރާއްޖޭގެ ގާނޫނީ ހަމަތަކާ އެއްގޮތަށް ބަލައި ކަށަވަރުކުރުންވެސް ހިމެނެއެވެ.

މި މަގާމުތަކަށް މުސާރަ ކަޑައެޅުމަށް ހަމަޖެހިފައިވަނީ ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިންނެވެ.

މި މަގާމުތަކަށް އެދި ހުށައެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: