ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުވާގެ ސަބަބުން އާއިލާ ހަރާބުވެ، އަނބިދަރީން ނިކަމެތިވެގެން ދޭ: ހުތުބާ

އިސްލާމީ މަރުކަޒުގައި ނަމާދުކުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުވާގެ ސަބަބުން ތިމާގެ ލޮބުވެތި ޢާއިލާ ޙަރާބުވެ ގެދޮރު ގެއްލި އަނބިދަރީން ނިކަމެތި ވެގެންދާކަމަށް ޙުތުބާގައި ބުނެފި އެވެ.

މުޖްތަމައުގައި އާންމުވެފައިވާ ޖުވާ ކުޅުމަށް މިއަދުގެ ހުތުބާ ހާއްސަކުރިއިރު ފާހަގަ ކުރީ މިއަދު އެ ހަޑިހުތުރު އަމަލު ތަފާތު އެކި ސިފަސިފައިފައި ގައުމުތަކުގައި ފެތުރިފައިވާ މިންވަރެވެ.

ޖުވާ ކުޅުމަކީ ޝައިތާނާގެ ހަޑި ހުތުރު ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ގޮތުގައި މިއަދުގެ ޙުތުބާގައި ބުނެފައި ވެއެވެ. ޖުވާގެ އަވައިގައި ޖެހި ﷲ ހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި ހައްގުތަކާއި ވާޖިބުތައް ދޫކޮށްލާ ކަމަށާއި ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ މީހާ ބަނގުރޫޓުވެ ދަރަނިވެރިވާ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ޖުވާގެ އަވައިގައި ޖެހި ﷲ ހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި ހައްގުތަކާއި ވާޖިބުތައް ދޫކޮށްލާކަމަށާއި ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ މީހާ ބަނގުރޫޓުވެ ދަރަނިވެރިވާ ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ. އޭގެ އިތުރަށް ޖުވާކުޅުމަކީ ކަންނެތްކަމަށް ގޮވައިލާ ކަމެއްކަން ފާހަގަކުރި އެވެ.

ޖުވާކުޅުމަކީ މާތް ﷲ ހަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތަކަށް އަރައިގަތުމަށް ދެވޭ ހިތްވަރަކަށްވާއިރު ހުތުބާގައި ބުނެފައި ވަނީ ޖުވާގެ ސަބަބުން ތިމާގެ ޢާއިލާ ޙަރާބުވެ ގެދޮރު ގެއްލި އަނބިދަރީން ނިކަމެތި ވެގެންދާ ކަމަށެވެ.

އޭގެ އިތުރަށް ޖުވާކުޅުމަކީ ކަންނެތްކަމަށް ގޮވައިލާ ކަމެއް ކަމަށާއި  ޖުވާކުޅޭ މީހުން އެ ކަން ކުރަނީ ފަސޭހައިން އަވަހަށް މުއްސަނދިވުމުގެ ބޭނުމުގައި ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ހެޔޮ ގޮތަކީ ހަލާލު މަސައްކަތުން ފައިސާ ހޯދައި ލިބޭ މިންވަރުން ފުއްދައިގެން އުޅުން ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

މީސްތަކުންގެ މުދާތަކަށް ނުހައްގުން އަރައިގަތުމަށާއި ބާތިލު ގޮތުގައި އެތަކެތި ކެއުމަށް ޓަކައި މިއަދު ވަނީ ތަފާތު ވައްތަރުތަކާއި އާ ގޮތްތައް ހޯދައިފައިކަން ވަނީ ފާޙަގަކުރައްވައިފައެވެ. މާތް ﷲ ޖުވާ ހަރާމްކުރެއްވީ އެއިން ފަރުދުންނަށާއި މުޖުތަމައަށް ލިބޭ ގެއްލުމާއި އެ ކަމުގައި ހިމެނޭ ފަސާދައިގެ ބޮޑު ކަމުންނެވެ. އޭގެ ތެރޭގައި ޖުވާ ކުޅޭ ދޭދޭ މީހުންގެ މެދުގައި ހިނގާ އަރައިރުންތަކާއި މާރާމާރީތައް ހިމެނިގެންދާ ކަމަށް ޙުތުބާގައި ވަނީ ވިދާޅުވެފައެވެ.

މިއަދު ބައެއް ގައުމުތަކުގައި ޖުވާ ވަނީ ވަރަށް ތަފާތު ސިފަސިފައިގައި ފެތުރިފައެވެ. ލޮޓަރީއާއި ޖެކްޕޮޓްފަދަ ޖުވާގެ ޒަމާނީ ބާވާތްތައް ހިމެނެއެވެ. އެކަމަށްޓަކައި ހާއްސާ ނާދީތަކާއި މަރުކަޒުތައް ވަނީ ގާއިމްކޮށްފައެވެ. އެ ތަންތަނުގައި މުންސަނދިންނާއި ފަޤީރުން ވަދެ ހަރަކާތްތެރި ވެއެވެ. އަދި އެފަދަ މުންކަރާ ތަކަށް ދަތުރު ހަނދައިގެންދާ ކަމަށް ވެސް ޙުތުބާގައި ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: