ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިފާގުގެ މަރުގެ ހާދިސާ ރިޕޯޓުކަމަށް ބުނެ ދައުރުކުރަނީ ސައްހަ ބަޔާނެއް ނޫން: ފުލުހުން

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައި މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އިމާރާތަކުން ވެއްޓި މަރުވި ޒުވާން އަންހެން މީހާގެ މަރާއި ގުޅުވައި ސޯޝަލް މީޑިއާގައި ފަތުރަމުން ދަނީ ސައްހަ ރިޕޯޓެއް ނޫންކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގު އިބްރާހިމް އަދުނާންގެ މަރުގެ މައްސަލައިގައި ރާއްޖޭގެ ޓީވީ ސްޓޭޝަނަކުން ވަނީ އާއިލާގެ މެމްބަރުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއްކޮށް ވީޑިއޯ ރިޕޯޓެއް އާންމުކޮށްފަ އެވެ. މައްސަލާގައި ވިފާގުގެ ދޮން ބައްޕަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމާއި، މަންމަގެ ކުރާ ތުހުމަތުތައް ފުލުހުން ވަނީ މިދިޔަ އާދީއްތަ ދުވަހު އެ ވާހަކަތައް ދޮގުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ.

ވިފާގުއާއި ގުޅޭ ޒާތީ އެތައް މައުލޫމާތެއް ވެސް އާންމު ކުރި މި ޕްރެސްއަށް ފާޑުކިއުންތައް އާންމުވުމުން، މައާފަށް އެދި ފުލުހުން ބުނީ އެ ތަފްސީލުތައް އާންމު ކުރަން ޖެހުނީ ޓީވީ ސްޓޭޝަނަކުން ގެނައި އެ ރިޕޯޓުގެ ސަބަބުން ކަމަށެވެ.

ތުހުމަތުތައް ފުލުހުން ދޮގުކޮށްފައި ވަނިކޮށް ރޭ ދައުރުކޮށްފައި ވަނީ ހާދިސާގެ ރިޕޯޓުކަމަށް ލިޔެފައިވާ ބަޔާނެކެވެ. އެ ރިޕޯޓު ދޮގުކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ވިފާގުގެ ޕޮލިސް ރިޕޯޓުކަމަށް ބުނެ އާންމުވެފައިވާ ބަޔާނަކީ އަސްލެއް ނޫންކަމަށެވެ.

މައްސަލައިގައި މައުލޫމާތު ދިނުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމް ޑިޕާޓްމަންޓުގެ އިސްވެރިޔާ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވި ގޮތުގައި ވިފާގުއަކީ ނަފްސާނީ ބައްޔަށް ފަރުވާ ކުރަމުން ދާތާ ގިނަ އަހަރުތަކެއްވީ ޒުވާނެކެވެ. އެގޮތުން އޭނާގެ ނަފްސާނީ ބޮޑެތި މައްސަލަތައް ހުރިއިރު، ޑިޕްރެޝަނަށް ދިއުމަށް ދިމާވި ސަބަބުތަކުގެ ތެރޭގައި އޭނާގެ ޅަ އުމުރެއްގައި މައިންބަފައިން ވަކިވުން ހިމެނުން އެކަށިގެންވާކަމަށް ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވި ގޮތުގައި އޭނާގެ ޑިޕްރެޝަން ހުރިކަން 2014 ގައި ފާހަގަކުރެވި، 2016 ވަނަ އަހަރުގައި ރަސްމީގޮތުން އެކަމަށް އައީ ފަރުވާ ހޯދަމުންނެވެ.

އޭނާ މައުލޫމާތު ދެއްވި ގޮތުން ނިޔާވެފައިވާ އަންހެން މީހާގެ ފަރާތުން އާއިލާ ރޫޅިގެން ދިއުމުގެ ދަތިކަމުގެ އިތުރުން ފާހަގަކުރެވިފައިވަނީ ތައުލީމީ މާހައުލުގައި ގަނާތަކާއި ކުރިމަތިލާންޖެހުން ފަދަ ކަންކަން ކަމަށެވެ. އަދި އެހެން ކުދިން އޭނާގެ ވާހަކަ ދައްކަމުންދާކަމަށް ގަބޫލުކުރެވިފައިވުން ފަދަ ބައިވަރު ކަންކަން ހުރިކަން ތަހުގީގަށް ލިބުނު ބަޔާންތަކުގައިވާ ކަމަށެވެ.

މައްސަލައިގައި ކުރާ ޖިންސީ ގޯނާގެކަމެއް މިހާތަނަށް ފާހަގަވެފައި ނެތްކަމަށް ޝިފާއު ވިދާޅުވި އެވެ. ޝިފާއު ވިދާޅުވީ، އަންހެން މީހާގެ ފަރާތުންވެސް އެއްވެސް އެހެން ފަރާތަކަށް އެފަދަ ވާހަކައެއް ހިއްސާކޮށްފައިނުވާކަމަށާއި ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތަށް ދޮން ބައްޕަގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކުރެވޭކަން ބައްޕަގެ ފަރާތުންވެސް ތަހުގީގު މަރުހަލާގައި ހިއްސާކޮށްފައި ނުވާކަމަށެވެ.

ޒާތީ މައުލޫމާތުތަކެއް އާންމުކޮށް ރިޕޯޓެއް ގެނެސްދިން މައްސަލަ، ފުލުހުންގެ ފަރާތުން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: