ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަކަތައިގެ އެންމެ ބޮޑު މަޝްރޫއު ޗައިނާގެ ބީބީއީއޭ ގްރޫޕަށް

ހަކަތައިގެ އެންމެ ބޮޑު މަޝްރޫއު ގްރޭޓާރ މާލެ ސަރަހައްދު އެއް ކަރަންޓު ވިއުގައަކުން ގުޅާލުމުގެ މަޝްރޫއު ޗައިނާގެ ބީބީއީއޭ ގްރޫޕަށް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް ސްޓެލްކޯ ކުރިޔަށް ގެންދާ ހަކަތައިގެ އެންމެ ބޮޑު މަޝްރޫއު ގްރޭޓާރ މާލެ ސަރަހައްދު އެއް ކަރަންޓު ވިއުގައަކުން ގުޅާލުމުގެ މަޝްރޫއު ޗައިނާގެ ބީބީއީއޭ ގްރޫޕަށް ހަވާލުކޮށްފި އެވެ.

މަޝްރޫއާއި ގުޅޭގޮތުން މައުލޫމާތު ދެމުން ސްޓެލްކޯ ބުނެފައި ވަނީ އެއްބަސްވުމުގެ ދަށުން މާލެ، ވިލިނގިލި އަދ ގުޅީފަޅުއާއި ތިލަފުށި ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނަކުން ގުޅާލާނެކަމަށެވެ. އަދި މި ނެޓްވޯކުގެ ސަބަބުން އެ ސަރަހައްދުގެ ކަރަންޓު ޑިމާންޑާ އެއްވަރަށް ހިދުމަތް ފޯރުކޮށްދެވޭނެކަން ފާހަގަކުރި އެވެ.

މީގެއިތުރުން އެ ސަރަހައްދަށް އެކަށީގެންވާ ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް 150 މެގަވޮޓްގެ ޑައުލް ފިއުލް ޕަވާ ޕްލާންޓެއް ގާއިމު ކުރެވިގެންދާކަމަށް ވަނީ ބުނެފަ އެވެ.

މި މަސައްކަތް ކުރިޔަށް ގެންދާނީ ސްޓެލްކޯ ބުނި ގޮތުގައި، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި ގޮތެއްގެ މަތީންނެވެ. އަދި ކުންފުނިން ގާއިމު ކުރާ ފިއުލް ޕަވާ ޕްލާންޓުން ތެލާއި ގޭސް ބޭނުންކޮށްގެން ކަރަންޓު އުފެއްދޭނެކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: