ފެލިވަރު މަސް ފެކްޓަރީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ފެލިވަރުގައި އަޅާ މަސް ރައްކާކުރާ ފެސިލިޓީގެ މަސައްކަތް އަވަސްކޮށް، މަސްވެރިންނަށް ޚިދުމަތް ދިނުން އަވަސް ކުރުމަށް ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާ ކުރީ ރާއްޖޭގެ އުތުރުގައި މަސްވެރިކަން ކުރާ މަސްވެރިން ބާނާ މަސް ގަނެ ރައްކާކުރުމާއި ގުޅޭގޮތުންނެވެ.
ފެލިވަރު މަސް ފެކްޓަރީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމަށް ހިންގާ މަޝްރޫޢުގެ މަސައްކަތް މޮނިޓަރކޮށް، މަސައްކަތް އަވަސް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށް ފިޝަރީޒް މިނިސްޓްރީއާއި އިންޑިއާގެ އެގްޒިމް ބޭންކުގެ ޓެކްނިކަލް ޓީމެއް މިއަހަރުގެ ޖުލައި 17 ވަނަ ދުވަހުވަނީ ފެލިވަރަށް ވެސް ގޮސްފައެވެ.

