ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު ތާށިކަން ދިމާވީ ނިމިދިޔަ ސަރުކާރުން ބަޖެޓު ހިސާބުތައް ޖެހިގޮތުން: ޒަމީރު

ފޮރިން މިނިސްތަރ ޒަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓުގައި ތާށިކަމެއް ދިމާވެގެން އުޅެނީ ނިމިދިޔަ ސަރުކާރުގައި ޕްރޮޖެކްޓުތައް ހިންގުމަށް ކުދި އަދަދުތައް ޖެހުމަށްފަހު ބޮޑެތި އަދަދުތަކުން ހަރަދުކޮށްފައި ހުރުމުންކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ޒަމީރުވަނީ ބަޖެޓުން ބޭރުން ގާނޫނާއި ހިލާފަށް ހަރަދުތައް ކޮށްފައިވާކަމާއިމެދު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވާފައެވެ.

ޒަމީރު ވިދާޅުވީ ޑްރޯން ގަތުން އަދި ރަސްމާލެ ޕްރޮޖެކްޓު ފެށުން ފަދަ މަސައްކަތްތައް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ފައްޓަވާފައި ހުންނާނީ ގާނޫނުގެ ތެރެއިން އެކަން ކުރެވޭނެ ގޮތްތައް ބެއްލެވުމަށް ފަހުކަމަށެވެ. އެހެންކަމުން އެއީ އެފަދަ މަގަކުން ކޮށްފައިވާ މަސައްކަތްތަކެއް ކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ.

ޒަމީރު ވިދާޅުވީ، ތަފްސީލުތައް ނެތްނަމަވެސް އެ މަސައްކަތްތައް ކޮށްފައިވާނީ ގާނޫނީ ލަފާ ހޯދުމަށްފަހު ގާނޫނީ އިމުގެ ތެރެއިން އެކަމަށް ޖާގަ އޮތުމުންކަމަށެވެ. އަދި އެއްވެސް ހާލަތެއްގައި އެ މަސައްކަތްތައް ގާނޫނާއި ހިލާފަށް ކުރެވިފައިނުވާނެކަން ޔަގީންވެވަޑައިގަންނަވާކަމަށެވެ.

ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުންވެސް މިނިސްޓަރު މައުލޫމާުތު ދެއްވިއެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ހަރަދުވާނެކަމަށް ބަޖެޓުގައި ހިމަނާފައިވާ މަޝްރޫޢުތައް ތިބިއިރު އެކަމަށް 50 މިލިއަން ހަރަދުވާކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތަކާއި ގުޅިގެން ކޭޝްފްލޯގެ ދަތިތައް ހުރިކަމަށާއި އެފަދަ ބޮޑު ޑެފިސިޓެއް ވެގެންދާ ގޮތަށް ބަޖެޓު އެކުލަވާލާފައިވާއިރު އެކަންކަން ފައިނޭންސް ހުރެވޭނެ ނިޒާމެއްވެސް ކަނޑައަޅާފައިނުވާކަމަށެވެ. އަދި އެކަންކަން ދޫކޮށްލާފައި އޮތީ ބައެއް އިސްލާހުތައް ގެނައުމަށްފަހު ބަޖެޓު ފައިނޭންސް ކުރުމުގެ ވިސްނުމުގައިކަމަށެވެ.

ޒަމީރު ވިދާޅުވީ، ކޭޝްފްލޯގައި މިވަގުތު ދަތިތަކެއް ހުރީ އެފަދަ ކަންކަމާއި ގުޅިގެންކަމަށާއި އެހެންނަމަވެސް ރާއްޖޭގެ އިގްތިސާދީ ކަންކަން ކުރިއަށް ދަނީ ރަނގަޅު މަގަކުންކަމަށްވުމުން މިހާރު ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ މައްސަލައަކީ ސަރުކާރަށް ހައްލުކުރެވޭނެ ކަންކަން ކަމަށް ޒަމީރު ފާޙަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: