ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފެނާއި ނަރުދަމާގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި މުހިންމު މަޝްވަރާ ބައްދަލުމެއްވަނީ ބާއްވައިފައެވެ. މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއިބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އާއި މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީންއެވެ.

މާލެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މި ބައްދަލުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ.

މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުން ދާއިރު، ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އެ ދާއިރާއިން އެމް.ޑަބްލިއު.އެސް.ސީ އިން ކުރަމުންދާ މަސައްކަތްތަކަށް ވަނީ ޝުކުރުއަދާކޮށްފައެވެ.

އެމް.ޑަބްލިއު.އެސް.ސީގެ އެމް.ޑީ ޢަބްދުލްމަތީން ވިދާޅުވީ ކުންފުނިން ގެންގުޅޭ އާ ޓެކްނޮލޮޖީތަކާއި އިންވެސްޓްމަންޓްތަކުގެ ސަބަބުން ލިބެމުންދާ ޙިދުމަށްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރެވިގެންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މާލޭގެ އަބާދީ ބޮޑުވަމުން އަންނައިރު، މާލޭގެ ފެނާއި ނަރުދަމާގެ ނިޒާމް އަޕްގްރޭޑްކޮށް، އިތުރު ފެން ރައްކާކުރާ ޓޭންކުތަކެއް ޤާއިމުކޮށް، ނަރުދަމާ ސިސްޓަމްގެ ޕައިޕްލައިންތައް އައުކޮށް، ވޭސްޓްވޯޓަރ ޓްރީޓްމަންޓް ޕްލާންޓެއް ޤާއިމުކުރުމަކީ މުހިންމު ކަމެއްކަމަށް ވެސް މަތީން ވިދާޅުވި އެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: