ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަޢުލީމީ ނިޒާމު ޙަރުދަނާ ކުރުމަށް އުފެއްދުންތެރިކަން މުހިންމު: މާރިޔާ

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު  ޑރ.މަރްޔަމް މާރިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ތަޢުލީމީ ނިޒާމުގައި އުފެއްދުންތެރިކަން މުހިންމު ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ފްރާންސްގެ ޕެރިސްގައި ބޭއްވި 6 ވަނަ ”ކްރިއޭޓިވިޓީ އިން އެޑިޔުކޭޝަން“ ސަމިޓްގައި ވާހަކަފުޅު ދައްވަމުން ވަޒީރު ވިދާޅުވީ، މަތީ ތައުލީމް ހާޞިލުކުރުމަށް މަސައްކަތްކުރާއިރު، ދަރިވަރުންނަށް ތަފާތު އެކި ދާއިރާތަކާއި ގުޅޭ ދިރާސާ އަދި ބަހުސްކުރުމުގެ ފުރުޞަތު ހުޅުވާލައި، އެކި ދާއިރާތަކުގެ މައްސަލަތަށް ހައްލުކުރުމަށް ޢަމަލީ މަސައްކަތްކުރުމަކީ ދަރިވަރުންގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމެއްކަމަށެވެ. އަދި އެފަދަ  ކަންކަން ތަޢުލީމީ ނިޒާމުގައި ހިމެނުމަށް މުދައްރިސުންނަށް އެކަށިގެންވާ ތަމްރީނާއި ބޭނުންވާ ވަޞީލަތްތަށް ފޯރުކޮއްދޭން ޖެހޭ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

މަތީ ތަޢުލީމުގައި އުފެއްދުންތެރިކަން އިތުރުކުރުމަށް ސައިންސް އަދި ސޯޝަލް ސައިންސް ފަދަ އެކި މާއްދާތަކުގައި، އަސްލު ދިރިއުޅުމުގައި ދިމާވާއެކި ކަންކަމަށް ހައްލު ހޯދުމަށް ދަރިވަރުންނަށް ޕްރޮޖެކްޓްތައް ހަވާލުކުރުމަކީ ކުރެވިދާނެ ކަމެއް ކަމަަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން، ދެމެހެއްޓެނެވި ތަރައްޤީ ހޯދުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ދިރާސާކުރުމާއި ތާރިހުގައި ހިނގައި ދިޔަ ކަންކަމާއި ގުޅޭގޮތުން ދަރިވަރުންގެ މެދުގައި ބަހުސްކުރުން ފަދަ ކަންކަން ތަޢުލީމީ ނިޒާމުގައި ހިމެނުމަކީ އުފެއްދުންތެރި ހައްލުތައް ހޯދުމަށް މަގުފަހިވެގެންދާނެކަމެއްކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: