ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުން ހިންގާފައިވާ ގާނޫނާއި ހިލާފު ކަންތަކަށް ފުރިހަމައަށް ޖަވާބު ދާރީ ވާންޖެހޭ: ނައިބުރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ސަރުކާރުން ހިންގާފައިވާ ގާނޫނާއި ހިލާފު ކަންކަމާމެދު ފުރިހަމައަށް ޖަވާބު ދާރީ ވާންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ވިދާޅުވީ މިއަދު ފެނިގެންދަނީ ނިމިދިޔަ ދައުރުގައި ސަރުކާރަށް ލިބުނު ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ނަހަމަގޮތުގައި ކުރަމުންދިޔަ ގާނޫނާއި ހިލާފު ކަންކަން ފަސްއަޅާ ފޮރުވުމުގެ ނަތީޖާކަމަށެވެ.

ދައުލަތުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފާހަގަކުރެވި، ރައީސް އޮފީހުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރުއާއި، ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ބައިވެރިވެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ މައްސަލައިގެ ބައެއް ތަފްސީލުތައް ހިއްސާކޮށްފަ އެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކޮށް، ފިނޭންސް މިނިސްޓްރީގައި ރެކޯޑު ނުކޮށް ހުރި ދެ ބިލިއަން ރުފިޔާ ފާހަގަކުރެވި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތް ފަށާފަ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އަމީރު ވިދާޅުވީ އޮޅުވާނުލީ ނަމަވެސް ސަޕްލެމެންޓަރީ ބަޖެޓު ހުށަހެޅިދާނެކަމަށެވެ. މި ސަރުކާރަށް އަހަރު ވެގެންދާއިރު ހިންގުނު އެއްވެސް ތަރައްޤީގެ މަޝްރޫއެއް ނެތްކަމަށް އަމީރު ވިދާޅުވިއެވެ.

އިޤްތިސާދީ ގިނަ ހަރަކާތްތައް މިހާރު ވަނީ ހުއްޓިފައިކަމަށް ވިދާޅުވެ، އަމީރު ފާހަގަކުރެއްވި ގޮތުގައި ރަށް ރަށުގެ އިޤްްތިސާދުތައްވެސް ވަނީ ހުއްޓިފައިވާ ކަމަށާއި އަދި މަސްވެރިންވެސް ވަނީ ބިކަވެފައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: