ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއަޕޯޓް އެކްސެލެންސްއިން ސެކިއުރިޓީ އެސެސްމަންޓް ޕްރޮގްރާމް ވީއައިއޭގައި ފަށައިފި

އެއަޕޯޓް އެކްސެލެންސްއިން ސެކިއުރިޓީ އެސެސްމަންޓް ޕްރޮގްރާމް ފެށުން/ ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއަރޕޯޓްސް ކައުންސިލް އިންޓަރނޭޝަނަލް (އޭސީއައި) ގެ ”އެއަރޕޯޓް އެކްސެލެންސް (އެޕެކްސް) އިން ސެކިއުރިޓީ“ ޕްރޮގްރާމް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފަށައިފިއެވެ.

މިއެސެސްމަންޓް ފެށުމުގެ ގޮތުން ނޫވިލު ސީޕްލޭން ޓާރމިނަލްގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފު، އޭ.ސީ.އައިގެ އެޕެކްސް ޓީމް ލީޑަރ ގޭރީ ބައުޑަން އަދި އެމް.އޭ.ސީ.އެލްގެ އިސްބޭފުޅުންނާއި އެޕެކްސް އެސެސްމަންޓް ޕްރޮގްރާމް ހިންގަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެޕެކްސް އިން ސެކިއުރިޓީ އެސެސްމަންޓް ޕްރޮގްރާމްގެ މަޤުސަދަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ހުރިގޮތްބަލައި އެކްޝަން ޕްލޭނެއް ތައްޔާރު ކުރުމެވެ. މި އެސެސްމަންޓް 5 ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް މުޙައްމަދު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހަލުވި ދުވެއްޔެއްގައި ކުރިއަރަމުންދާއިރު، އުމްރާނީ ގޮތުންވެސް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުންދާ ކަމަށެވެ. އަދި މި އެއަރޕޯޓުގެ ޚިދުމަތްތައް ހޯދާ އެއަރލައިންތަކާއި ފަސިންޖަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރައްވާ ވިދާޅުވީ، ޚިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެމް.އޭ.ސީ.އެލްއިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދޭނެ ކަންތައް ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ އެޕެކްސް ސެކިއުރިޓީ އެސެސްމަންޓަކީވެސް މިފަދަ މަސައްކަތެއްކަމަށާއި މި އެސެސްމަންޓުގެ ނަތީޖާއަށް ބިނާކޮށް، ޚާއްޞަ އެކްޝަން ޕްލޭނެއް އެކުލަވާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެޕެކްސް ސެކިއުރިޓީ އެސެސްމަންޓުގެ ސަބަބުން އެއަރޕޯޓުގެ ސެކިއުރިޓީ އޮޕަރޭޝަންސްގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާއިއެކު ވީ.އައި.އޭގެ ސެކިއުރިޓީ އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.

މި އެސެސްޓްމެންޓް ކުރިއަށްގެންދަނީ ޔޫރަޕިއަން ސިވިލް އޭވިއޭޝަން ކޮންފަރެންސް (އީކާކް)ގެ އެހީގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އަބަދުވެސް މަސައްކަތްކުރަމުން ދާނީ، ބައިނަލްއަޤްވާމީ ފެންވަރުގައި އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ހިފެހެއްޓުމަށެވެ. އެގޮތުން، އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)، އެއަރޕޯޓްސް ކައުންސިލް އިންޓަރނޭޝަނަލް (އޭ.ސީ.އައި)، އަދި އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) ފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ގުޅިގެން އެއަރޕޯޓް އޮޕަރޭޝަންސްއާއި ސަލަމާތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: