މިއަދު ކިޔަވަމުންދާ ކުދިންނަކީ މާދަމާގެ ޤައުމު އާރާސްތު ކުރުމުގައި ތިބޭނެ ކުދިންކަމަށް ހުރާ ދާއިރާގެ މެމްބަރ ޑރ. އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިންޕޯޓްގެ ޤާނޫނަށް އިސްލާހް ގެނެއުމުގެ ބިލަށް ބަހުސް ކުރައްވަމުން، މެމްބަރ ވިދާޅުވީ، ޤައުމު އާރާސްތުކުރަން ތިބޭނެ ބަޔަކީ މިއަދުގެ ކިޔަވާ ކުދިން ކަމަށެވެ. އެހެންކަމުން ރަނގަޅު ދުޅަހެޔޮ ސިއްޙަތެއްގައި އެކުދިން މުޖުތަމަޢުއަށް ނެރުމަށްޓަކައި މިއަދު ރައީސް އަޅައިފައިވަނީ މުހިންމު ފިޔަވަޅެއް ކަމަށް ވަނީ ފާހަަގަކުރައްވައިފައެވެ. އަދި ވޭޕް ފަދަ ނޭދެވޭ އާދަތަކުން ސަލާމަތް ކުރުމަށް ޑިއުޓީ ބޮޑު ކުރުމަކީ ރަނގަޅު ކަމެއް ގޮތުގައި ޤަބޫލު ކުރައްވައި ކަަމަށް މެމްބަރ ވިދާޅުވިއެވެ.
މެމްބަރ ވިދާޅުވި، މުޖުތަމައުގައި ރަނގަޅު އާދަތައް ހަރުލެއްވުމަށް އެންމެހާ ފަރާތްތަކުންވެސް ވިސްނުން މުހިންމު ކަމަށެވެ. އަދި ސަރުކާރުން އެފަދަ ކަންކަމުގައި އިސްނެންގެވުމުގެ ސަބަބުން، ދުރު މުސްތަޤް ބަލަށް ރަނގަޅު ނަތިއްޖާ ފެނިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކަށް ބަލާއިރު، ވޭޕް އިން ލިބޭ ގެއްލުމުގެ ސަބަބުން ވޭޕް ބޭނުން ކުރުން މަނާ ކުރަމުންދާ ކަމަށް މެމްބަރ ވަނީ ފާހަގަކުރައްވައިފައެވެ.
“ ދުނިޔޭގެ ކުރިއަރާފައިވާ އަދި މި ސަރަހައްދުގެ ބައްރުގެ ބައެއް ޤައުމުތަކަށް ބަލާއިރުވެސް ވޭޕް މަނާ ކުރަމުން މިދަނީ، ވޭޕްއިން ލިބޭ ގެއްލުން ބޮޑުވާތީވެ، ހަމަ އެގޮތަށް ދުންފަތަކީވެސް ހުރިހާ ބާވަތެއްގެ ދުންފަތަކީވެސް ގެއްލުން ހުރި ތަކެތި ކަމަށް ޑޮކްޓަރުންވެސް ވިދާޅުވަމުން އަންނަނީ“ މެމްބަރ ވިދާޅުވިއެވެ.
ދުންފަތުގެ ބާވަތްތަކަކީ ހަށިގަނޑަށް ވަރަށް ބޮޑެތި ގެއްލުން ލިބިދޭ އެއްޗެއް ކަމަށް ޑޮކްޓަރުންވެސް ގޮވާލަމުން އަންނަ ކަމަށް މެމްބަރ ފާހަގަކުރެއްވިއެވެެ. އެހެންކަމުން ޤައުމުގެ ޤާނޫނުތަކުގެ ތެރެއަށް އެފަދަ ކަންކަން ލުމުގެ ސަބަބުން، ދުންފަތް ފަދަ ހަށިގަނޑަށް ނޭދެވޭ އަސަރު ކުރާ ތަކެތިން ދުރުހެލިވުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް މެމްބަރ ވަނީ ވިދާޅުވެފައެވެ.

