ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވައިދާ ހިލާފަށް ރާއްޖެއަށް އެތެރެވާން އުޅުނު 51 ބިދޭސީއަކު އަނބުރާ ފޮނުވާލި: ޝަމްއާން

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޤަވައިދާ ޚިލާފަށް ރާއްޖެއަށް އެތެރެވާން އުޅުނު 51 ބިދޭސީއަކު އަނބުރާ ފޮނުވާލާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ޝަމްޢާން ވިދާޅުވީ، ރާއްޖޭގެ ބޯޑަރ ހުރަސްކޮށް ރާއްޖޭއަށް އެތެރެވުމައްޓަކައި ފޯޖް ޕާރސްޕޯޓް ބޭނުންކޮށްގެން އެތެރެވުމަށް ގިނަބަޔަކު މަސައްކަތްކުރަމުންދާކަމަށް ފާހަގަވެފައިވާކަމަށެވެ. ފޯޖް ފާސްޕޯޓާއި ސަހްސު އޮޅުވާލުމަށް ބޭނުންކުރާ ޑޮކިއުމަންޓްތަކާއި އަދި އޭގައި ޖަހާފައިވާ ވިސާ ތަކަކީ ފޯޖްކޮށްފައިވާ ވިސާ ތަކެއްކަން ފާހަގަކުރެވިފައިވާކަމަށް ޝަމްއާން ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޤަވައިދާ ހިލާފައް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން ފޮނުވާލަން މި އަހަރު އަމާޒު ހިފާފައިވާ ކަމަށް ޝައްމާން ވިދާޅުވިއެވެ. އެގޮތުން އޭގެ ތެރެއިން މިހާތަނަށް 4361 ބިދޭސީއެއް އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އަދި މިއަދާއި ހަމައަށް އިމިގްރޭޝަންގެ ބެލުމުގެދަށައް ގެންދިޔަ ފަރާތްތަކާއި އަމިއްލައަށް ފުރަން ބޭނުން ވެގެން އެކަމަށް އެދިގެން ވަނީ ބިދޭސީން ތަކެއް ފުރުވާލައިފައެވެ.

މިހާތަނަށް ’އިމިގްރޭޝަން ވޮޗް‘ އަށް އަށް 861 މައްސަލައެއްް 21 އޮކްޓޯބަރާއި ހަމައަށް ރިޕޯޓް ކޮށްފައިވާ ކަމަށް ޝައްމާން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރެއިން 596 ރިޕޯޓަށް ވަނީ އެޓެންޑްވެފައެވެ. އަދި ބާކީ  174 މައްސަލައަކީ އެއްވެސް ވަރަކަށް އިމިގްރޭޝަނާއި ގުޅުން ނެތް މައްސަލަތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ.  މިވަގުތު 91 މައްސަލައެއް ވެރިފިކޭޝަން ޕްރޮސެސްގައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: