ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ނިމެންވާއިރަށް، ހދ އަތޮޅަށް 4،000 އެނދު އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ފައިސަލް

ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް މަޖިލީހަށް ހާޒިރުކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ނިމެންވާއިރަށް، ހދ. އަތޮޅަށް 4،000 އެނދު އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވިގޮތުގައި، ހދ. އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. މި ވަޢުދު ފުއްދުމުގެ މަސައްކަތުގެ ދަށުން، ވަޒީރުކަމާ ހަވާލުވުމަށްފަހު، އެންމެ ފުރަތަމަ ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރަން ހުޅުވާލި ރަށްތަކުގެ ތެރޭގައި ހދ. އަތޮޅުގެ ރަށްތައް ހިމެނެއެވެ. އެގޮތުން ވައިކަރަ މުރާދޫގެ 15 ހެކްޓަރު ޓޫރިޒަމް ޑިވެލޮޕްމަންޓަށް ހުޅުވާލާފައިވާކަމަށާއި، މިހާރު އެތަން އިވެލުއޭޓްކޮށް އެވޯޑު ކުރެވިފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވިގޮތުގައި، މިހާރު ހދ. އަތޮޅުގައި ޓޫރިޒަމަށް ރަޖިސްޓްރީކޮށްފައިވަނީ 460 އެނދެވެ. އަދި އެ އަތޮޅުގެ އިތުރު ތިން ތަން ފަތުރުވެރިކަމަށް ދޫކޮށް، 1،886 އެނދު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

އަންނަ އަހަރުގެ މާރިޗު މަހާ ހިސާބަށް ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ނިމޭނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި އެއާޕޯޓު ނިމެންވާއިރަށް، ހދ. އަތޮޅުގައި އެނދު އިތުރުކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް ރައީސް މުޢިއްޒުގެ އިރުޝާދާއެކު ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.

ދާދި މިދާކަށް ދުވަހު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެވުނު ސްޓޭޓް ވިޒިޓްގައި، ދިއްލީގައި އަދި މުމްބާއީގައި ބޭއްވުނު އިންވެސްޓަރ ފޯރަމްތަކުގައިވެސް ވާނީ ހދ އަތޮޅުގައި ހުރި ޕްޓެންޝިއަލް ރަށްތަށް އެތަނުގެ އިންވެސްޓަރުންނާއިވެސް ހިއްސާ ކުރެވިފަ.

ފައިސަލް ވިދާޅުވިއެވެ.

މީގެއިތުރުން، ހދ. އަތޮޅުގައި ހުރި ފަތުރުވެރިކަމުގެ ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ އިންވެސްޓަރުންނާ ހިއްސާކުރުމަށް އެކި ޤައުމުތަކުގައި އިންވެސްޓަރ ފޯރަމްތައް ބޭއްވިފައިވާކަމަށާއި، އަންނަ އަހަރު އިތުރު ފޯރަމްތައް ބޭއްވުމަށް ރޭވިފައިވާކަމަށްވެސް މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.

ނިންމާލަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ނިމެންވާއިރަށް، ހދ. އަތޮޅަށް 4،000 އެނދު ގެނައުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: