ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ވައުދާއި އެއްގޮތަށް، ވީ އެންމެ އަވަހަކަށް ޝަންގްރިއްލާ ހުޅުވުމުގެ މަސައްކަތް ދަނީ ކުރިއަށް: ފައިސަލް

ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު ފައިސަލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދާ އެއްގޮތަށް، ވީ އެންމެ އަވަހަކަށް ޝަންގްރިއްލާ ހުޅުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ، ޝަންގްރިއްލާގެ މައްސަލައަކީ އައްޑޫގެ ފަތުރުވެރިކަމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

”ވަޒީރުކަމާ ހަވާލުވުމަށްފަހު، ފުރަތަމަ މަސް ތެރޭގައި ޝަންގްރިއްލާގެ މެނޭޖްމަންޓާ ބައްދަލުކޮށް، ރިސޯޓު އަލުން ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާނެ,“ މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޝަންގްރިއްލާއަކީ ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާ ތަނަކަށް ވުމާއެކު، އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާ ތަނެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، މި ރިސޯޓު އަލުން ހުޅުވުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭ ކަމެއް ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.

”ބަޔަކު ރިސޯޓެއް ހިންގުމަށްފަހު، އެތަން ބަންދުކޮށްފައި ބޭއްވި ނަމަވެސް، އެ ތަނަކަށް ދައްކަންޖެހޭ ކުލި ދައްކަމުންދާ ނަމަ، ރިސޯޓު އެމީހުންގެ އަތުން ނެގޭނެ ގޮތެއް ނޯވޭ. އެހެންކަމުން ޤާނޫނަށް ބަދަލެއް ގެންނަން ޖެހުނަސް، އެކަން ކޮށްގެން ވެސް ޝަންގްރިއްލާ އޮޕަރޭޝަނަށް ގެންނާނަން,“ މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.

ގްރީން ޓެކްސްއާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން އިންވެސްޓްމަންޓްތަކަށް ދަތިވޭތޯ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރަށް ވާރުތަވެފައިވާ ދަރަނީގެ ޒިންމާ އުފުލައި، އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް މުޢިއްޒުގެ ވައުދަކީ ވެރިކަމަށް އައުމަށްފަހު 6 މަސް ދުވަހުގެ ތެރޭގައި ޝަންގްރިއްލާ ހުޅުވުން ކަމަށްވާއިރު، މިހާރު ސަރުކާރަށް 11 މަސް ފުރިފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، މިނިސްޓަރު ފައިސަލްގެ ބަސްފުޅުން އެނގެނީ ސަރުކާރުން މި މަސައްކަތަށް އިސްކަންދީގެން ކުރިއަށް ގެންދާ ކަމެވެ.

ޝަންގްރިއްލާ ރިސޯޓަކީ އައްޑޫ ސިޓީގައި 2009 ވަނަ އަހަރު ހުޅުވި ރިސޯޓެކެވެ. ނަމަވެސް 2013 ވަނަ އަހަރު އެ ރިސޯޓް ވަނީ ބަންދުކޮށްފައެވެ. މި ރިސޯޓު އަލުން ހުޅުވުމަކީ އައްޑޫގެ އިޤްތިޞާދަށާއި ވަޒީފާގެ ބާޒާރަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

މި މައްސަލައާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލުން ބުނީ، ޝަންގްރިއްލާ އަލުން ހުޅުވުމަކީ އައްޑޫގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އައްޑޫގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ޔަޤީންކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: