ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެވީމެޓަލްސް ޓެސްޓު ކުރެވޭ އައި.ސީ.ޕީ އެމް.އެސް މެޝިނެއް ފޯރުކުށްދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟
ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގެ މާލީ އެހީތެރިކަމާއެކު، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ”އެލިމިނޭޓިންގ ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް“ (ޕޮޕްސް) މަޝްރޫޢުގެ ދަށުން، ދެ މުހިންމު މަސައްކަތެއް ކުރިއަށް ގެންދިއުމަށް ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއާއި ޞިއްޙަތާބެހޭ ވުޒާރާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވިއްޖެއެވެ.

މި ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކަކީ:

1. ހއ. ބާރަށު ޞިއްޙީ މަރުކަޒުގައި މެޑިކަލް ކުނި މެނޭޖްކުރުމަށް ޚާއްޞަ ތަނެއް ޤާއިމުކޮށް، އެ ތަން ޞިއްޙަތާބެހޭ ވުޒާރާއާ ޙަވާލުކުރުން.

2. ނެޝަނަލް ހެލްތު ލެބޯރެޓަރީގެ މަސައްކަތް ހަރުދަނާކުރުމަށް ހެވީމެޓަލްސް ޓެސްޓުކުރެވޭ އައި.ސީ.ޕީ އެމް.އެސް މެޝިނެއް ފޯރުކޮށްދިނުން.

މި ފަހުމުނާމާގައި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު އަލްފާޟިލް ތޯރިޤު އިބްރާހިމްއެވެ. އަދި ޞިއްޙަތާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު އަލްފާޟިލް ޢަބްދުﷲ ނާޒިމް އިބްރާހިމްއެވެ.

މި ފަހުމުނާމާގެ ދަށުން ޙަވާލުކުރެވުނު ފެސިލިޓީގެ ސަބަބުން ޞިއްޙީ ދާއިރާއިން އުފެދޭ ކުނި ހަރުދަނާ އުސޫލުތަކާ އެއްގޮތަށް މެނޭޖުކުރުމަށް ރަށު ފެންވަރުގައގައި އެންމެ ރަނގަޅު ޓެކްނޮލޮޖީ އަދި ތިމާވެއްޓާ ރައްޓެހި އުސޫލުތައް ތަޢާރަފުކުރެވޭނެއެވެ. މީގެ ސަބަބުން ނޭދެވޭ ގޮތުގައި ކުނި ނައްތާލުމުން ޖައްވަށް ބޭރުވާ ވިހަ މާއްދާތައް މަދުކުރެވި، ވެށްޓަށާއި ބާރަށުގައި ދިރިއުޅޭ ރައްޔިތުންގެ ޞިއްޙަތަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ރައްޔިތުން ރައްކާތެރިކުރެވޭނެއެވެ. ބާރަށުގައި ޤާއިމުކުރެވުނު މި ފެސިލިޓީއަކީ ޞިއްޙީ މަރުކަޒެއްގައި ޞިއްޙީ ކުނި މެނޭޖުކުރުމަށް ދިވެހިރާއްޖޭގައި ޤާއިމުކުރެވުނު ފުރަތަމަ ފެސިލިޓީއެވެ.

މި ފަހުމުނާމާގެ ދަށުން ފޯރުކޮށްދެވުނު އައި.ސީ.ޕީ އެމް.އެސް މެޝިނަކީ ފެން، ފަސްގަނޑު، ސެޑިމެންޓްސް އަދި އިންސާނުންގެ ލޭގައިވެސް ހުންނަ ހެވީ މެޓަލްސް (މަރކިއުރީ، ކެޑްމިއަމް، ލެޑް ފަދަ) މާއްދާތައް ހުންނަ މިންވަރު ދެނެގަނެވޭނެ ޒަމާނީ އާލާތެކެވެ. މި މެޝިނުން ވަރަށް ދަށް މިންވަރުގައި ހުންނަ ހެވީމެޓަލްސްވެސް ދެނެގަނެވޭނެއެވެ.

މި މެޝިންގެ އެހީގައި ތިމާވެށި ތަޣައްޔަރުވުމުގެ ސަބަބުން އާންމު ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމަށްޓަކައި ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް މަގުފަހިވެގެންދާނެއެވެ. މިކަމުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށާއި، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ސަރުކާރުން ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރެވޭނެއެވެ.

މި އެއްބަސްވުމުގެ ދަށުން ތިމާވެއްޓާބެހޭ ވުޒާރާގެ ފަރާތުން މި މެޝިނަށް ބޭނުންވާ ކެމިކަލް ރިއެޖެންޓްތައް ނެޝަނަލް ހެލްތު ލެބޯރެޓަރީއަށް މި އަހަރު ނިމުމުގެ ކުރިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕޮޕްސް މަޝްރޫޢުގެ ދަށުން ކުރަމުންދާ އިތުރު މަސައްކަތްތަކުގެ ތެރޭގައި:

1. ހއ. ބާރަށު ޞިއްޙީ މަރުކަޒުގައި ޤާއިމުކޮށްފައިވާ މެޑިކަލް ކުނި މެނޭޖްކުރުމުގެ ފެސިލިޓީ
2. ނުރައްކާތެރި ކެމިކަލް ހިމެނޭ ކުނި ސްޓޯރކުރުމަށް އައްޑޫ ސިޓީގައި އިންޓެރިމް ހަޒަރޑަސް ކެމިކަލް ވޭސްޓް ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކުރުން
3. ރ. ވަންދޫގައި ހަޒަރޑަސް ކެމިކަލް އެންޑް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް ޤާއިމުކުރުން ހިމެނެއެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި ނުރައްކާތެރި ކެމިކަލްތަކާއި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާވެ، ތިމާވެށި ރައްކާތެރިކުރުމަށާއި އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: