ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް މިއަދު ފެށުމަށް ނިންމައިފި

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް މިއަދު ފެށުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް މިއަދު ފެށުމަށް ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. އަދި މި ހުށަހެޅުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ތާއީދުކުރެއްވިއެވެ. އެމްޑީޕީގެ ފަރާތުންވެސް މި ހުށަހެޅުމަށް ތާއީދުކޮށްފައިވެއެވެ.

ބަހުސް ފެށުމަށް ހަމަޖެހިފައިވަނީ މިއަދުގެ 13:30 އިންނެވެ. އަދި ބަޖެޓުގެ މަސައްކަތް ނިމެންދެން ބަހުސް ކުރިއަށް ގެންދިއުމަށާއި، ކޮންމެ މެންބަރަކަށް 5 މިނިޓުގެ ވަގުތު ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓުގެ އަދަދަކީ 5.1 ބިލިއަން ރުފިޔާއެވެ. މި ބަޖެޓު ހުށަހެޅުމަށްޓަކައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވަނީ މަޖިލީހަށް ވަޑައިގެންފައެވެ. ޒަމީރު ވިދާޅުވެފައިވަނީ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ނިމިދިޔަ މަޖިލީހުން އެކުލަވާލާފައިވާ ބަޖެޓެއް ކަމަށާއި، ހަރަދުތައް ކުޑަކުރުމަށް މި އަހަރުގެ ޖުލައި މަހުން ފެށިގެން ރިފޯމްތަކެއް ގެނައުމަށް ރޭވިފައިވާ ކަމަށެވެ.

މިދިޔަ މަހުގެ ނިޔަލަށް ބަޖެޓުގެ 74 އިންސައްތަ ހޭދަވެފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި ކުރީގެ ސަރުކާރާ ޚިލާފަށް މި ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަނީ މާލިއްޔަތުގެ ޤާނޫނާ އެއްގޮތަށް، ކުރިއަށް އޮތް މަސްތަކުގައި ހިނގާނެކަމަށް ލަފާކުރާ ޚަރަދުތަކަށް ކުރިއާލާ ހުއްދަ ހޯދުމަށް ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.

މި ބަހުސްގައި ސަރުކާރުގެ ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ކުރިއަށް އޮތް މުއްދަތުގައި ހިނގާނެ ކަމަށް ލަފާކުރާ ޚަރަދުތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: