ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން އެކްޓިވިޓުންނާއި ޕާޓީއަށް ފަންޑުކުރާ މީހުންނަށް ޕްރޮޖެކްޓުތައް ހަވާލުކުރި: ޝާހިދު

ރަޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުން އެމްޑީޕީގެ އެކްޓިވިސްޓުންނާއި އެ ޕާޓީއަށް ޚަރަދުކުރާ ފަރާތްތަކަށް ޕްރޮޖެކްޓުތައް ޙަވާލުކޮށްފައިވާ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޝާހިދު ފާހަގަކުރެއްވީ، މިދިޔަ އަހަރުގެ ބަޖެޓު އެކުލަވާލުމުގައި ކުރީގެ ސަރުކާރުން ޢަމަލުކޮށްފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ކަމަށެވެ. އަދި އެމްޑީޕީން ޤައުމުގެ ކަންކަން ބަލަހައްޓާފައިވަނީ އަމިއްލަ ކުންފުންޏެއް ހިންގާ އުސޫލުން ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަކީ ޤާނޫނުއަސާސީއަށް ޙުރުމަތްތެރިކޮށް ހިތައްވާ، ޤައުމާއި ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރައްވާ ބޭފުޅެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ދެމުންދާ އެއްވެސް ޚިދުމަތެއް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

މެންބަރު ޝާހިދު އިތުރަށް ވިދާޅުވީ، މިއަދުގެ ސަރުކާރަށް ދިމާވެފައިވާ ގިނަ ދަތިތަކަކީ ކުރީގެ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ކުރިމަތިވެފައިވާ ކަންކަން ކަމަށެވެ. ވޭތުވެދިޔަ 10 މަސްދުވަހުގެ ތެރޭގައި ސަރުކާރަށް ޖެހުނީ ބޭރުގެ އަދި އެތެރޭގެ ދަރަނިތަކުން އަރައިގަތުމަށް މަސައްކަތްކުރަން ކަމަށް ފާހަގަކުރެއްވިއެވެ.

އެމްޑީޕީން ރާއްޖޭގެ މާލިއްޔަތާމެދު ޢަމަލުކޮށްފައިވާ ގޮތް ރައްޔިތުންނަށް އޮޅިގެން ނުދާނެ ކަމަށް ވިދާޅުވިއެވެ. އަދި އެކި ނަންނަމުގައި ޕްރޮޖެކްޓުތައް ފަށައި، ޕާޓީގެ ތަނބުތަކަށާއި ޕާޓީއަށް ޚަރަދުކުރާ ފަރާތްތަކުގެ އިތުރުން އެކްޓިވިސްޓުންނަށްވެސް ޙަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އެ ޕްރޮޖެކްޓުތަކުގެ އެޑްވާންސް ފައިސާ ނަގާފައިވާއިރު، މަސައްކަތްތައް ވީ ހިސާބެއް ނޭނގޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ނިންމާލަމުން މެންބަރު ޝާހިދު ވިދާޅުވީ، ކުރިއަށް އޮތް އަހަރަށް އެކުލަވާލައި ހުށަހަޅާ ބަޖެޓުން ރައްޔިތުންނަށް އުފާވެރިކަންތަކެއް ޙާޞިލުވެގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: