ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުން ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު، ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުން 2024، ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އިނގިރޭސިވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ޗާލްސް 3 ވަނަ، އާއި ކޮމަންވެލްތު ޤައުމުތަކުގެ ވަފުދުތައް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި ރާއްޖޭގެ ވަފުދުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުالله ޚަލީލާއި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުالله ރާފިޢުއާއި، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސަމޯއާގެ ބޮޑުވަޒީރު ހަރ އެކްސެލަންސީ ފިއާމޭ ނައޯމީ މަޓައާފާ ވަނީ ކޮމަންވެލްތު ބައްދަލުވުމަށް ވަޑައިގެންނެވި މަންދޫބުންނަށް ރަސްމީކޮށް މަރުހަބާ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ނައިބު ރައީސް ވަނީ 2024 ވަނަ އަހަރުގެ ކޮމަންވެލްތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގެ އިސްވެރިންގެ ރަސްމީ އާއިލީ ފޮޓޯގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބާއްވަނީ ކޮންމެ ދެ އަހަރަކުން އެއްއަހަރުއެވެ. އަދި ބައްދަލުވުން ބާއްވަނީ މެންބަރު ޤައުމުތަކުގެ ތެރެއިން އެކި ފަހަރު އެކި ޤައުމުގައެވެ.

މި އަހަރަކީ ޕެސިފިކް ސަރަހައްދުގެ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓް (ސިޑްސް)ގެ ޤައުމެއްގައި ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ބާއްވާ ފުރަތަމަ ފަހަރެވެ.

ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުމުގެ ޝިޢާރަކީ ”ވަން ރެސިލިއަންޓް ކޮމަން ފިއުޗާ: ޓްރާންސްފޯމިން އަވާ ކޮމަންވެލްތު“ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: