ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރުވެރިޔާ ސްކީމާއި ގުޅޭގޮތުން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފިކަމަށް ބުނެ ހިންގާ ސްކޭމްތަަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

މީގެ ކުރިންވެސް މިފަދަ ލިންކުތައް އެކި ދުވަސްވަރު ދައުރުވެ، ގިނަ އަދަދެއްގެ ބަޔަކު އެފަދަ ލިންކުތަކުގެ ޝިކާރައަކަށް ވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ހާއްސަކޮށް ގެދޮރުވެރިޔާ ސްކީމުން ބޯހިޔާވަހިކަން ލިބޭ މީހުންގެ މައުލޫމާތު އާންމުކުރުމަށް ދައުލަތުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި އެފަދަ ލިންކުތަކަށް ކްލިކްކުރާ މީހުންގެ އަދަދު އިތުރުވެދާނެކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ލިންކަކީ ”ގެދޮރުވެރިޔާ ސްކީމުން ފްލެޓުތަކަށް ފޯމުލުމުގެ ފުރުސަތު އެޗްޑީސީއިން އަލުން ހުޅުވާލިކަމަށާއި ވެބްސައިޓުން ލިބެންހުންނާނެ“ ކަމަށް ބުނެ ސައްހަނޫން މައުލޫމާތު ހިމެނޭ މެސެޖަކާއެކު ދައުރުކުރަމުންދާ ލިންކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން، ގެދޮރުވެރިޔާ ސްކީމާ ގުޅޭ މައުލޫމާތު ހޯދުމުގައި ދައުލަތުގެ ރަސްމީ ޕޯޓަލްތަކުން މައުލޫމާތު ޗެކްކުރެއްވުމަށް ސަމާލުކަން ދެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސޯޝަލް މީޑިއާ ގްރޫޕެއްގައި އެފަދަ ލިންކެއް ދައުރުވާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުގެ އީމެއިލްއަށް އަންގަވައިދެއްވުމަށް ވަނީ އެދިފައެވެ.

އޭގެ އިތުރުން، ޝައްކުކުރެވޭ އެފަދަ ލިންކެއް ލިބިވަޑައިގެންފިނަމަ، އެ އިތުރަށް ފޯވަރޑްކޮށް ޝެއަރ ނުކުރެއްވުމަށާއި ސްކޭމުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކުގައި ފުލުހުންނަށް އެއްބާރުލުން ދެއްވުމަށް ވަނީ އެދިފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: