ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުގެ ބަހަނާއަށް ދިހަ މަސްވީއިރު، މިހާތަނަށް މައްސަލައެއްގައި ސުވާލު ކުރި މީހެއް ނެތް: އަމީން ފައިސަލް

ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގައި ހިނގާ ހުރިހާ ގޯހެއްގެ އަސްލަކީ އެމްޑީޕީކަމަށް ބުނެ ބަހަނާތައް ދައްކާތާ ދިހަ މަސް ވެގެން ދިޔައިރު މިހާތަނަށް ސުވާލެއް ކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ހާޒިރު ކުރެވުނު އެންމެ މީހެއް ވެސް ނެތްކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅައި، ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވަނީ އެމްޑީޕީގެ ސަރުކާރުން ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ހަދާފައި ހުރި ބައެއް ގޯސްތައް ފާހަގަކުރައްވާފަ އެވެ. އެ މައްސަލައިގައި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން ވަނީ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިހުލާސްތެރިކަމާއި މެދު ސުވާލު އުފައްދަވާފަ އެވެ.

އަމީން ވިދާޅުވީ މި ސަރުކާރުގެ ދިހަ މަސް ވެގެން ދިޔައިރު، މިހާތަނަށް އެއްވެސް ރަށެއްގައި ފެށުނު ޕްރޮޖެކްޓެއް ނެތްކަމަށެވެ. އަމީން ވިދަޅުވީ ދާއިރާގެ އެއާޕޯޓުގެ މަސައްކަތް ބަޔަކާއި ހަވާލު ކުރިއިރު މިހާތަނަށް އައިއިރު އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާކަމަށެވެ. މާލީ ހާލަތު ރަނގަޅު ނޫންކަމަށް ބުނެ، ޕްރޮޖެކްޓުތައް މަޑުޖައްސާލިއިރު އަމީން ސުވާލު އުފެއްދެވީ، ސަރުކާރުން ބޭނުންވާ ހަރަދުތައް ކުރާ ގޮތަކާއި މެދު އެވެ.

އަމީން ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި، ދެމުން ދަނީ ދޮގު މައުލޫމާތުތައް ކަމަށެވެ. ރައްޔިތުންނަށް ފޮރުވަން ޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ބުނާއިރު، ފެންނަން ހުރީ އިންތިހާ ބޮޑެތި ދޮގުތައްކަމަށާއި، ސަރުކާރުން އެކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭކަމަށް އަމީން ވިދާޅުވި އެވެ.

މަސްވެރިންގެ ހުރި ކަންބޮވުންތައް ފާހަގަކުރައްވައި އަމީން ވިދާޅުވީ، އެކަން އެންމެ ބޮޑަށް ފެނިގެން ދަނީ މިފްކޯގެ މަސްފިހާރަތަކުންކަމަށެވެ.

އަމީން ވިދާޅުވީ، ހޯލްސޭލް ފިހާރަތަކުންވެސް ވިޔަފާރި ދަށަށް ގޮސްފައިވާކަމަށާއި އެކަމަށް ދެބަސް ނުވެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އާސަންދަ އާއި އެންސްޕާގެ ވާހަކަތައް ތަކުރާރުކޮށް ދައްކަމުންދާއިރު މެމްބަރުން ތިބީ ބޭރު ގައުމުތަކުން އިންޝުއަރެންސް ނަގައިގެންކަމަށެވެ. އަދި ވިދާޅުވީ މެމްބަރުން އާންމު ރައްޔިތުންނާއި އެއް ހަމައަކަށް ތިރިވާންޖެހޭކަމަށާއި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް އައިޖީއެމްއެޗަށް އެކަނި ވަދެގެން ވެސް ސާފުވާނެކަމަށެވެ.

އޭނާ ވިދާޅުވީ، އާސަންދައަށް ކުރީ ސަރުކާރުން ފައިސާތަކެއް ދައްކަން ޖެހޭ ވާހަކަތައް ދެއްކުމަކީ ލަދުވެތި އަމަލެއްކަމަށާއި އެ މައްސަލަ ބެލުމަށްފަހު އާސަންދައިގެ ހަރަދުތައް ގޯހުން ކޮށްފައިވާނަމަ އެ ވާހަކަތައް ދައްކަންވީކަމަށެވެ. އަދި ގައުމުތަކުން އިންޝުއަރެންސް ނަގައިގެން ތިބި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އާސަންދައިގެ ބިލުތައް ޕެންޑިންގައި ހުރިިކަމަށް ބުނެ ވާހަކަ ދެއްކުމަށް ލަދު ގަންނަން ޖެހޭކަމަށް ވިދާޅުވި އެވެ.

މި ހުރިހާ ވާހަކައަކަށް ދިހަ މަސް ވެފައިވާއިރު، އަމީން ސުވާލު އުފެއްދެވީ ސުޕަރ މެޖޯރިޓީއެއް އޮވެމެ މިހާތަނަށް ތުހުމަތު ކުރެވޭ އެއްވެސް ބަޔަކު ހާޒިރުކުރެވިފައި ނުވުމެވެ. އަމީން ވިދާޅުވީ، ވައްކަމުގެ ވާހަކަތައް ތަކުރާރުކޮށް އިވެމުންދާއިރު އަދިވެސް ޖަލަށް ދާން ޖެހެނީ ރިހާކުރު ފުޅި ނަގާ މީހާކަމަށާއި ބައިތުލް މާލުން ވައްކަން ކުރިކަމަށް ބުނާ މައްސަލައިގައި ފިޔަވަޅެއް ނޭޅޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: