ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫއިން ބިޒްނަސް ޕާޓްނަރ އެވޯޑާއި ގާލާ ނައިޓް ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްގެ އަގުހުރި ވިޔަފާރީގެ ބައިވެރިންގެ އަގު ވަޒަންކޮށް އެ ބައިވެރިން ފާހަގަކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑާއި ގާލާ ނައިޓެއް ބާއްވައިފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި މި ހާއްސަ ހަފުލާގައި އެކި ކެޓަގަރީތަކުގެ ޕާޓްނަރުންގެ އަގު ވަޒަންކޮށް، އިނޮވޭޝަނާއި ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި ވިޔަފާރީގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރަމުންދާ ޕާޓްނަރުން ވަނީ ފާހަގަކޮށްފައެވެ. މި ހަފްލާ ފެށުނީ ލޯންގް ސަރވިސް ޕާޓްނަރުން، ނުވަތަ އުރީދޫއާއެކު އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އުރީދޫގެ ބިޒްނަސް ޕާޓްނަރުންނަށް ހަނދާނީ ލިޔުން ހަވާލު ކުރަމުންނެވެ.

މި ޕާޓްނަރުންގެ އިޚްލާޞްތެރިކަމާއި އަމާނާތްތެރިކަމުގެ ސަބަބުން އުރީދޫގެ ކާމިޔާބީއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށް މަގުފަހިވެގެން ދިޔައެވެ.

މީގެ އިތުރުން ކްލަބް ޕްރިމިއާގެ ޓޮޕް ޕާޓްނަރުންނާއި ޓޫރިސްޓް ޕާޓްނަރުން ފަދަ ގިނަ ގޮތްގޮތުން އުރީދޫއާއެކު މަސައްކަތްކޮށްފައިވާ ޕާޓްނަރުންގެ އަގު އުރީދޫން ވަނީ ފާހަގަކޮށްފަ އެވެ. ގާލާ ނައިޓުގެ އެންމެ މަތީ ފަންތީގެ، ބެސްޓް ބިޒްނަސް ޕާޓްނަރުގެ އެވޯޑް ދީފައިވަނީ ސޭލްސް އެންޑް ސާވިސް އިން ފެށިގެން އިނޮވޭޝަން އަދި ކަސްޓަމަރުންގެ ތަޖުރިބާއާ ހަމައަށް ހުރިހާ ދާއިރާއަކުން ވެސް އެންމެ ފާހަގަކޮށްލެވޭ ޕާޓްނަރަށެވެ. މި ޕާޓްނަރަކީ އުރީދޫގެ އަސާސްތަކާއި މިޝަންގެ ނަމޫނާ ދައްކައި، އެއްބަޔަކު އަނެއް ބަޔަކަށް ކާމިޔާބީ ހޯދައިދިނުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ޕާޓްނަރެކެވެ.

މި ގާލާގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ ވަނީ ހުރިހާ ޕާޓްނަރުން ގުޅިގެން ކުރާ މަސައްކަތަށް ތައުރީފު ކުރައްވައިފައެވެ. އަދި ފާހަގަކުރައްވަމުން ގެންދަވަނީ ހަމައެކަނި ޕާޓްނަރުން ހޯދި ކާމިޔާބީތައް އެކަނި ނޫން ކަމަށާއި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭ އެއްބާރުލުމާއި ހިއްސާވާ ވިސްނުމުގެ ރޫހު ކަމަށް ވިދާޅުވެފައެވެ.

”ތިޔަބޭފުޅުންގެ ވަޢުދުގެ ސަބަބުން، ދުނިޔޭގެ ފެންވަރުގެ ޚިދްމަތްތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދީ، އިނޮވޭޓްކޮށް، ކުރިއެރުމަށް މަގުފަހިވެގެންދާނެ.“

މުނިފޫހިފިލުވުމާއި ނެޓްވޯކިންއާ އެކު ގާލާ ނައިޓް ނިމިގެން ދިޔައީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެމެހެއްޓެނިވި ކާމިޔާބީއާއި ވަރުގަދަ ޕާޓްނާޝިޕްތަކަށް މަގު ފަހިކޮށްދީގެންނެވެ. އުރީދޫއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިނޮވޭޝަން އަދި ސަރވިސް އެކްސެލެންސްގެ ރޮނގުތައް ހަރުދަނާކުރުމަށް ޕާޓްނަރުންނާ ގުޅިގެން މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: