ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިނަލްއަގުވާމީ ފެންވަރުގައި ހަދާ އެސެސްމަންޓުތަކަށް ބަދަލުކުރާ މައުލޫމާތު ހަރުދަނާ ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގުވާމީ ފެންވަރުގައި ހަދާ އެސެސްމަންޓުތަކަށް މައުލޫމާތު ބަދަލުކުރުމުގައި ކުރަންޖެހޭ ކަންކަން ހަރުދަނާކުރުމަށް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާ ކުރިޔަށް ގެންދެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމުގައެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމަކީ މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު ތަންފީޒުކުރެވެމުންދާ މިންވަރާ ގުޅޭގޮތުން މިއުޗުއަލް އިވެލުއޭޝަނަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ތަފާސްހިސާބު ބެލެހެއްޓުމާއި ހިއްސާކުރުމާއި، ފައިނޭންޝަލް އެނަލިސްޓުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގައި، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމާ އަދި ދެ އިދާރާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހަދާ އެސެސްމަންޓުތަކަށް މައުލޫމާތު ބަދަލުކުރުމުގައި ކުރަންޖެހޭ ކަންކަން ހަރުދަނާކުރުމަށް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: