ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު، ކަމަލާއާ ޓްރަމްޕް ގަދަ ހިފުމަކަށް

ކަމަަލާ ހެރިސްއާ ޓްރަމްްޕް ރިޔާސީ ބަހުސްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟
އެމެރިކާގެ ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނައިރު، މިހާރުގެ ނައިބުރައީސް ކަމަލާ ހެރިސްއާއި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މެދުގައި އޮތް ވާދަވެރިކަން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

އެންމެ ފަހުގެ ރައުޔު ހޯދުމުގެ ސަރވޭތަކުން ދައްކާގޮތުގައި ޒުވާނުންގެ މެދުގައި އެންމެ ބޮޑު ތާއީދެއް ލިބިފައިވަނީ ކަމަލާ ހެރިސްއަށެވެ. މިގޮތުން ޒުވާނުންގެ 55 އިންސައްތަ ކަމަލާއަށް ތާއީދުކުރާއިރު، 45 އަހަރާއި 64 އަހަރާ ދެމެދުގެ ރައްޔިތުންގެ ތާއީދު ގިނައީ ޓްރަމްޕަށް ކަމަށް ސަރވޭތަކުން ހާމަވެއެވެ.

އެހެންނަމަވެސް، މިހާރުގެ ސަރުކާރުގެ ހިންގުންތެރިކަމާއި ކަމަލާގެ ޤާބިލުކަމާ ގުޅޭގޮތުން ސަރވޭތަކުން ފެންނަނީ ކަންބޮޑުވާންޖެހޭ ފަދަ ނަތީޖާތަކެއްކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ. މިގޮތުން ޤައުމުގެ މިސްރާބު ރަނގަޅު ކަމަށް ދެކެނީ ސަރވޭގެ ބައިވެރިންގެ ތެރެއިން އެންމެ 27 އިންސައްތަ މީހުންނެވެ. އަދި 61 އިންސައްތަ މީހުން ދެކޭގޮތުގައި ޤައުމުގެ ދުވެލި ދަނީ ފަހަތަށެވެ.

މި ތަފާސްހިސާބުތަކުން ޤައުމުގެ އެތެރޭގެ ޙާލަތާއި ތާއީދުގެ މިންވަރު ކޮންމެވެސް ވަރަކަށް ދޭހަވި ނަމަވެސް، އިންތިޚާބުގެ ނަތީޖާ ނިންމާނީ ވަކިވަކި ސްޓޭޓުތަކުގެ މައްޗަށް ބިނާވެގެން އަންނަ އިލެކްޓޯރަލް ވޯޓުތަކުންނެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ނަތީޖާ ބަދަލުކޮށްލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ 7 ސްޓޭޓަކީ އެރިޒޯނާ، ޖޯޖިއާ، މިޗިގަން، ނެވާޑާ، ނޯތް ކެރޮލައިނާ، ޕެންސިލްވޭނިއާ އަދި ވިސްކޮންސިންއެވެ. މި ސްޓޭޓުތަކަކީ އިލެކްޓޯރަލް ވޯޓުގެ ތިންބައިކުޅަ އެއްބައި ހިއްސާކުރާ ސްޓޭޓުތަކެވެ.

އެމެރިކާގައި ދިރިއުޅެމުންދާ މުސްލިމުންގެ ތެރެއިން ގިނަ ބައެއްގެ ތާއީދު އޮތީ ޓްރަމްޕަށް ކަމަށްވެސް ރިޕޯޓުތަކުން ދައްކައެވެ. މީގެ މައިގަނޑު ސަބަބަކީ މިހާރު އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ޙަމަލާތަކަށް އެހީތެރިވާ ގޮތަށް އެމެރިކާގެ މިހާރުގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ދިއުމެވެ. މިގޮތުން 45 އިންސައްތަ މުސްލިމުން ޓްރަމްޕަށް ތާއީދުކުރާއިރު، ކަމަލާއަށް ތާއީދުކުރަނީ 43 އިންސައްތަ މީހުންނެވެ.

ޤައުމީ ފެންވަރުގެ އެކި ސަރވޭތަކުން ދައްކުވައިދޭ މަންޒަރުތައް ތަފާތު ނަމަވެސް އެއް ކަމެއް ޔަޤީނެވެ. އެއީ އެތެރޭގެ ވޯޓުތަކާއި، ރައުޔު ހޯދުމުގެ ސަރވޭތަކުން ދައްކާ ގޮތުގައި ކަމަލާ އަދި ޓްރަމްޕް މިވަނީ ވަރަށް ގާތް ވާދައެއްގައި ކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: