ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެއި 6 ޙަމަލާ: ދިފާއީ ވަކީލަކު ހާޒިރުނުވާތީ މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންދެވުނު

މެއި 6 ހަމަލާގެ ޝަރީއަތް
ޝެއާރކޮށްލާ ކަހަލަދޯ؟

2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅޭ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ތާވަލުކުރެވިފައިވަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށެވެ. އެހެންނަމަވެސް، މި އަޑުއެހުމުގައި ދަޢުވާލިބޭ ޢަލީ ހައިޝަމްގެ ވަކީލު ބައިވެރިވެވަޑައިނުގަންނަވައެވެ.

ވަކީލު އަޑުއެހުމުގައި ބައިވެރިނުވެވޭނެ ކަމަށް ހުށަހަޅުއްވާފައިވާ ސަބަބަކީ ޝަރީޢަތަށް ޤަބޫލުކުރެވޭ ސަބަބެއް ނޫން ކަމަށް މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ޢަލީ ހައިޝަމްއަށް ވަކީލެއްގެ އެހީތެރިކަން ލިބެންޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ޚާއްޞަކޮށް މި އަޑުއެހުމުގައި ތާވަލުކުރެވިފައިވަނީ މައްސަލަ ސާބިތުކުރުމުގައިވެސް މުހިންމު ހެއްކެއް ކަމަށްވާތީ، ހައިޝަމްއަށް ވަކީލެއްގެ އެހީތެރިކަން ލިބެންޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ޤާޟީ ޞަފްވަތު ޙަބީބެވެ. ޤާޟީ ވަނީ ތަކުރާރުކޮށް އަޑުއެހުންތައް ކެންސަލްވަމުންދާކަން ފާހަގަކުރައްވައި، ދައުލަތާއި ދިފާޢީ ފަރާތްތަކުންވެސް މިކަންކަމަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

މި މައްސަލައިގެ ހެކިބަސް ނެގުމުގެ އިތުރު އަޑުއެހުމެއް ހޯމަ ދުވަހަށްވެސް ތާވަލުކުރެވިފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: