ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓުުތަކުުގެ ދާއިމީ ލިސްޓު އާންމުކުރުން ނޮވެމްބަރު މަހަށް ފަސްކޮށްފި

ހައުސިން މިނިސްޓަރ ޑރ. ޢަލީ ޙައިދަރު އަޙްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓުތައް ދޫކުރުން އަންނަ ނޮވެމްބަރު މަހަށް ފަސްކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ގެދޮރުވެރިކަމާއި، ބިމާއި، އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 15 ނޮވެމްބަރު 2023 ގައި އިއުލާނުކުރި ދާއިމީ ލިސްޓު އެކުލަވާލުމުގައި ކޮރަޕްޝަނަށް މަގުފަހިިވާ ކަންކަން ހުރިކަމަށް ބަޔާންކޮށް އާންމު ފަރާތަކުން އޭސީސީއަށް މައްސަލަ ހުށަހެޅިކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވާލެވުނު ”ހައުސިންގ އެޑްވަައިޒަރީ ކޮމިޓީ“ އާއި މާލޭ ސިޓީ ކައުންސިލުން އެކުލަވާލި ”ހައުސިންގ ކޮންސަލްޓެޓިވް ކޮމިޓީ“ އަށްވެސް ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓު އެކުލަވާލާފައިވާ ގޮތް ރަނގަޅުކަމަށް ނުފެންްނަކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެހެންކަމުން މިހާރު މިނިސްޓްރީން ނިންމާފައިވަނީ މި ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަންތަކެއް ރީ އިވެލުުއޭޓް ކުރުމަށެވެ. އެ މަސައްކަތް މިހާރު މިނިސްޓްރީން ވަނީ ފަށާފައެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އެ މަސައްކަތް ފުރިހަމައަށް ނިންމާލުމަށް އިތުރު ވަގުތު ބޭނުންވާތީ މި އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ވަގުތީ ލިސްޓު އާންމު ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން ގެންދާނެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދޫކޮށްފައިވާ 4,000 ފްލެޓުގެ ލިބޭ ފަރާތްތަކުގެ ލިސްޓު، އެއްވެސް ހުރަހެއް ނެތްނަމަ، އޮކްޓޯބަރު މަހުގެ ފަހު ހަފުތާ ނިމުމުގެ ކުރިން އިޢުލާނުކުރެއްވޭނެ ކަމަށް ހައުސިންގ މިނިސްޓަރު ޢަލީ ޙައިދަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިހާރު މުޅި ލިސްޓު ރިވިއު ކުރުމަށް ނިންމާފައިވަނީ ”ހައުސިންގ އެޑްވަައިޒަރީ ކޮމިޓީ“ އާއި މާލޭ ސިޓީ ކައުންސިލުން އެކުލަވާލި ”ހައުސިންގ ކޮންސަލްޓެޓިވް ކޮމިޓީ“ އަށްވެސް ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓު އެކުލަވާލާފައިވާ ގޮތް ރަނގަޅުކަމަށް ނުފެންްނާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: