ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެއި 6 ޙަމަލާ: އިތުރު 2 ހެއްކެއްގެ ހެކިބަސް ނަގައިފި

ހޯމަ ދުވަހު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުން
ޝެއާރކޮށްލާ ކަހަލަދޯ؟

2021 ވަނަ އަހަރުގެ މެއި މަހު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅޭ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި އޮތީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން 2 ހެއްކެއްގެ ހެކިބަސް ނެގުން ކުރިއަށް ދިޔައެވެ.

ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާއަކީ މި މައްސަލައިގައި ދައުވާ އުފުލާފައިވާ ތަހުމީނު އަހުމަދު ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސް ކުރުމުގައި ޙަރަކާތްތެރިވެފައިވާ ފަރާތެކެވެ.

ހެކިބަސް ދެމުން އޭނާ ކިޔާދިން ގޮތުގައި ބަލައި ފާސް ކުރުމުގެ ތެރޭގައި މައިކްރޯއެސްޑީ 2 ކާޑުގެ އިތުރުން ބައެއް އިތުރު އިލެކްޓްރޯނިކްސް ފެނިފައިވެއެވެ. އަދި ލިއެކިއުންތަކަކާއި، އަތުން ލިޔެފައިވާ ޚުތުބާއެއްވެސް ފެނިފައިވާކަމަށް ހެކިވެރިޔާ ބުންޏެވެ.

އޭގެ އިތުރުން، ގޭގެ ސިޑިދަށުގައި ހުރި ކޮތަޅެއްގެ ތެރެއިން ކަޅު ކުލައިގެ ހެލްމެޓަކާއި ފަގުޑިއެއްގެ އިތުރުން 16 މެމޮރީ ކާޑު އަދި ސައިކަލެއްގެ ނަންބަރު ބޯޑެއްވެސް ފެނިފައިވާކަމަށް އެ ހެކިވެރިޔާ ހެކިބަސްދެމުން ކިޔާދިނެވެ.

ހެކިވެރިޔާ ކިޔާދިން ގޮތުގައި ގޭގެ ގްރައުންޑް ފްލޯގެ ސިޑިދަށް ޗެކްކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ.

ދެވަނައަށް ހާޒިރުވި ހެކިވެރިޔާއަކީ ތަހުމީނު އަހުމަދު ހައްޔަރު ކުރުމަށް ދިޔަ ޓީމުގައި ހިމެނޭ އޮފިސަރެކެވެ. އެގޮތުން ހައްޔަރު ކުރުމުގެ އަމުރާ ޤާނޫނީ އެންގުން އަންގާފައިވަނީ އެ އޮފިސަރެވެ.

އެއަށްފަހު ތަހުމީނު ދިރިއުޅޭ ގެ ބަލައި ފާސް ކުރުމުގައިވެސް އޭނާ ޙަރަކާތްތެރިވެފައިވެއެވެ.

އެ ހެކިވެރިޔާވެސް ވަނީ ބަލައި ފާސް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ދިޔަ ގޮތާ ގުޅޭގޮތުން ދައުލަތާއި ދިފާއުން ކުރި ސުވާލުތަކަށް ޖަވާބުދީފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބެވެ. މި މައްސަލައިގައި އަދިވެސް ދައުލަތުގެ އިތުރު ހެކިންގެ ހެކިބަސް ނެގުން ކުރިއަށް އެބައޮތެވެ.

ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލި މައްސަލާގައި ދައުވާކުރަނީ ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި، ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި، ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީއާއި، މ. ކުދެހިގޭ އިސްހާގު އަދި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: