ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށްފި އެވެ.
ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމާއި އެކު، ދެން އޮންނާނީ ތަޅުމަށް ހުށަހަޅާއި ބަހުސް ކުރުމަށް ފަހު ކޮމިޓީގެ ނިންމުމަށް ވޯޓަށް އެހުމެވެ.
އަހަރު ނިމުމުގެ ކުރިން، ސަޕްލިމެންޓު ކުރުމަށް ހުށަހެޅި އަދަދާއި އެކު މި އަހަރުގެ ޖުމްލަ ބަޖެޓު 55 އަށް އަރާނެ އެވެ. އަދި ބަޖެޓު ޑެފިސިޓް 18 ބިލިއަން ރުފިޔާއަށް އިތުރުވެގެން ދާނެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅައި ފިނޭންސް މިނިސްޓްރީ ބުނެފައި ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް ދެއްކުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ރިފޯމްތަކެއް އަންނާނެ ކަމަށް ބަލައިގެން މި ބަޖެޓު އެކުލަވާލިއިރު، އެ ރިފޯމްތައް އެކީގައި ތަންފީޒުކުރެވޭނެ ގޮތަށް އެކުލަވާލާ ފަރުމާ ކުރުމުގެ ޒިންމާ ކުރީ ސަރުކާރަށް އަދާކުރެވިފައި ނެތް ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ރިފޯމްތަކާއި ގުޅޭ ބުރަ ޓެކްނިކަލް މަސައްކަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ވެސް ކުރިޔަށް ގެންދެވިފައި ނެތްކަން ފާހަގަކުރި އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ ޕީއެސްއައިޕީ ޕައިޕްލައިނުގައި ކުދި އަދަދު ބަޖެޓު ކުރުމަށް ފަހު ވަނީ ހުއްޓިފައި ހުރި ޕްރޮޖެކްޓްތަކެއް އަލުން ހިންގުމަށް މި ސަރުކާރަށް ހިމަނާފައި ކަމަށެވެ. އެގޮތަށް އަމަލުކޮށްފައި ހުރީ ފިނޭންސް ފާހަގަކުރި ގޮތުގައި 2023 ވަނަ އަހަރުގެ ތެރޭގައި ބޮޑެތި އަދަދުތަކުން ކޮންޓްރެކްޓްކުރުމަށް ފަހު އެޑްވާންސް ޕޭމަންޓްތައް ދޫކުރުމަށްފަހު އެވެ،
ސަޕްލިމަންޓް ހުށަހަޅަން ޖެހުނު މައިގަނޑު ސަބަބު ތަކަކީ:
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތަސައްވުރާއި ވިސްނުން މި ބަޖެޓުގައި ފުރިހަމައަށް ހިމެނިފައިނުވުން
ބަޖެޓުގައި ހިމަނާފައިވާ ރިފޯމްތައް ތަންފީޒުކުރަން ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުބައި ކުރަންޖެހުމުން، އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ވަގުތު ނަގައި، ޚަރަދު އިތުރުވާނެކަމަށް ލަފާކުރެވުން. ސަރުކާރުގެ އަމާޒަކީ ޚަރަދު ކުޑަކުރުމަށް ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ނަގާ ގަޑީގައިވެސް، ސަރުކާރުން ރައްޔިތުންނަށް ފޯރުކޯށްދޭންޖެހޭ ހިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޯށްދިނުން
މެޑިކަލް ކޮންސިއުމަބަލްސްގެ ޚަރަދު އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އިތުރުވުން
އިންޑިރެކްޓް ސަބްސިޑީތަކަށް ކުރާ ހޭދަ އިތުރުވާނެކަމަށް ބެލެވުން
މިއަހަރު ސްޓުޑަންޓް ލޯން ސްކީމުގެ ދަށުން އިތުރު ދަރިވަރުންނަށް ލޯން ދޫކުރުމަށް
މި އަހަރުގެ ހަރަދުތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބަޖެޓުގެ 73 އިންސައްތަ ވަނީ ހަރަދުވެފަ އެވެ.
ހަރަދުތައް އިތުރުވާނެކަމަށް ލަފާކުރެވޭ ސަބަބުތަކުގެ ތެރޭގައި ޕީއެސްއައިޕީ ހަރަދުތައް، ރިއަލިސްޓިކް މިންވަރަށް ވުރެ މަދުން ބަޖެޓުގައި ހިމަނާފައިވުމާއި ބަޖެޓުގައި ތަސައްވުރުކޮށްފައި ހުރި ފިސްކަލް ރިފޯމުތަކުގެ ގިނަ ޓެކްނިކަލް މަސައްކަތްތައް ތަންފީޒު ކުރުމަށް ބޭނުންވާ މިންވަރަށް ނުކޮށް ހުރުން ހިމެނެ އެވެ.

