އިންޓަނެޓް ބޭނުން ކުރުމުގައި ރައްކާތެރިކަން ހޯދައިދިނުމަށް ދިރާގުން ”ނެޓް ޕްރޮޓެކްޓް“ ލޯންޗުކޮށްފިއެވެ.
ދިރާގު ”ނެޓް ޕްރޮޓެކްޓް“ ގެ ނަމުގައި ފަށާފައިވާ މި ޕްރޮޖެކްޓަކީ ކަސްޓަމަރުންގެ އިންޓަނެޓް ބޭނުންކުރަމުންދާއިރު ބޭނުންކުރަމުންދާ ވެބްސައިޓެއްގެ ގޮތުން ނުވަތަ ފިއްތާލާ ލިންކެއްގެ ސަބަބުން އިތުރު ނުރައްކަލަކާއި ކުރިމަތިލުމުގެ ކުރިން ކަސްޓަމަރަށް އެކަން އަންގާ މިއީ ކަސްޓަމަރަށް ނުރައްކާވާނެ ކަން އަންގާ ހާމަކޮށްދޭނެ ހިދުމަތެއް ކަމަށާއި އެގޮތުން އަމިއްލަ މައުލޫމާތު ހިއްސާ ކުރައްވާއިރު އެވެބްސައިޓަކީ ނުރައްކާތެރި ވެބްސައިޓެއް ނަމަ އެކަންވެސް އަންގާނެ ހިދުމަތެއް ކަމަށެވެ.
އޭގެއިތުރުންވެސް އިޝާން ވިދާޅުވެފައިވަނި މި ހިދުމަތް ބޭނުން ކުރުުމަށް އިތުރު ސޮފްޓްވެއާރ އެއް އަދި އިތުރު އެޕްލިކޭޝަނެއް ބޭނުން ކުރަން ނުޖެހޭނެ ކަމަށާއި މިއީ ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ކަސްޓަމައިޒް ކުރެވޭނެ އަދި ކަސްޓަމަރުންނަށް އެންމެ ރައްކާތެރިކަން ފޯރުކޮށްދޭނެ ހިދުމަތެއް ކަމަށެވެ.
ދިރާގު ނެޓް ޕްރޮޓެކްޓް ކަސްޓަމައިޒް ކުރެވޭނީ ޕްރޮޓެކްޓް ޕޯޓަލްއިންނެވެ. މި ހިދުމަތް ދިރާގުން ފަށާފައި ވަނީ މޮބައިލް އިންޓަނެޓް އަދި ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތަށެވެ. މި ހިދުމަތް އެކްޓިވޭޓްކޮށް ބޭނުން ކުރުމަށް މޮބައިލް ކަސްޓަމަރުން މަހަކު 35ރ. ދައްކަން ޖެހެ އެވެ. އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުން މަހަކު 50ރ. ދައްކަން ޖެހެ އެވެ.
މި ހިދުމަތަކީ އެކައުންޓް މައުލޫމާތާއި އަމިއްލަ މައުލޫމާތުތައް ލީކުވުމާއި މުޖުތަމައުއާ ނުގުޅޭ އެކި މަންޒަރުތައް ހިމެނޭ ވެބްސައިޓުތައް ބްލޮކް ކުރުމަށް ބޭނުން ކުރެވޭނެ ހިދުމަތެކެވެ. ދިރާގުން އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ އެ ކުންފުނިން ދޭ ހިދުމަތްތަކަކީ ރައްކާތެރި ހިދުމަތްތަކަކަށް ހެދުމަށެވެ.

