ކޮންސްޓްރަކްޝަން މިނިސްޓްރީގެ މަސްއޫލިއްޔަތު ޙަވާލުކުރެވުނު އިރު، މިނިސްޓްރީގެ ދަރަނީގެ ގޮތުގައި 1.72 ބިލިއަން ރުފިޔާގެ ބިލުތަކެއް ނުދައްކާ ހުރިކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރާއި ހަވާލުވިއިރު އެ ވުޒާރާގެ ޕެންޑިން ބިލް 1.72 އަރާފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދާ ހަަމައަށް ޖުމްލަ 37 މަޝްރޫއު ނިންމާލެވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ފިނޭސް މިނިސްޓްރީއަށް ޕޯސްޓްކޮށް ކޮންޓްރެކްޓަރުންނަށް ނުދައްކާ 300 މިލިއަނަށް ވުރެން ގިނަ ރުފިޔާ ހުރި ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ. އަދި މިއަހަރުގެ ބަޖެޓުގައި މިނިސްޓްރީއާ ގުޅުންހުރި އާ މަޝްރޫއުތައް ހިންގުމަށް ހިމަނާފައިވަނީ 969.5 މިލިއަން ރުފިޔާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
“ މި ދައުރު ފެށުނުއިރު ކޮންސްޓްރަކްޝަން މިނިސްޓްރީގައި ޕެންޑިން ބިލުގެ ގޮތުގައި 1.72 ބިލިއަން ރުފިޔާގެ ބިލްތައް ހުރި، މިދެންނެވީ ފިނޭސް މިނިސްޓްރީއަށް ނުފޮނުވާ ހުރި ބިލުތަކުގެ އަދަދު 1.72 ބިލިއަން ރުފިޔާ، ފިނޭސް މިނިސްޓްރީއަށް ޕޯސްޓް ކޮށްފައި ކޮންޓްރެކްޓަރުންނަށް ނުދައްކާ 300 މިލިއަނަަށް ވުރެ ގިނަ ރުފިޔާ އެބަހހުރި“ ވަޒީރު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ފަށާފައިވާ 39 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގުމަށް މި އަހަރުގެ ބަޖެޓުގައި ހިމަނާފައި ވަނީ 3.6 ބިލިއަން ރުފިޔާ އެވެ. އަދި 2024 ވަނަ އަހަރުގެ ޕީ. އެސް. އައި.ޕީ ބަޖެޓުގައި ޖުމްލަ 4.6 ބިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. އޭގެ ތެރެއިން ބަޖެޓުގައި އައު މަޝްރޫއުތަކަށް 969.5 މިލިއަން ރުފިޔާ ހިމަނައިފައި ވެއެވެ.
މިއަހަރު, 38 މަޝްރޫޢު ވަނީ ނިންމާފައެވެ. އޭގެތެރޭގައި ފެނާއި ނަރުދަމާގެ 29 މަޝްރޫޢު، ބަނދަރުގެ 4 މަޝްރޫޢު، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ 3 މަޝްރޫޢު، ބިންހިއްކުމުގެ 1 މަޝްރޫޢު، މަގުހެދުމުގެ 1 މަޝްރޫޢު އަދި 17 ނޮވެންބަރު ގެ ނިއަލަށް އިތުރު 21 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

