ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅުން އިތުރަށް ހިއްކަން ނިންމާފައިވާ ބިމަށް ބޭނުންވާ ފައިސާ ހަމަނުޖެހޭ: މުއްޡަލިބް

ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅުން އިތުރަށް ހިއްކަން ނިންމާފައިވާ 85 ހެކްޓަރުގެ ބިން ހިއްކުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނުވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްޡަލިބް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތް މިހާރު އެއްކޮށް ވަނީ ނިމިފައިކަމަށެވެ. އަދި ތިލަމާލެ ބްރިޖް ގުޅާލުމަށް ބޭނުންވާ މަގުގެ މަސައްކަތް އަންނަ މަހު ކޮންޓްރެކްޓަރާއި ހަވާލުކުރާނެ ކަމަށް ވަނީ ބުނެފައެވެ.

އެހެންނަމަވެސް މުއްޡަލިބް ވިދާޅުވީ ގުޅީފަޅުން އިތުރަށް ހިއްކަން ނިންމާފައިވާ 85 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން އެމްޓީސީސީއާއި އެކު އެއޯޔޫއެއްގައި ސޮއިކޮށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ފައިނޭންސް ކުރުމުގެ ސާފު މަގެއް ފެނިވަޑައިގެންފައި ނުވާ ކަމަށާއި އެހެންކަމުން އެމަސައްކަތް އޮތީ ނުފެށިކަމަށް މިނިސްޓަރ މުއްޡަލިބް ވަނީ ވިދާޅުވެފައެވެ.

ޑރ. މުއްޡަލިބް ވިދާޅުވީ ޓާގެޓަކީ އެކި ގޮތްގޮތަށް މަސައްކަތް ކުރައްވައިގެން ވީހާވެސް އަވަހަކަށް އެ މައްސައްކަތް ނިންމުން ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގައި ވަނީ ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ގުޅިފަޅުން 150 ހެކްޓަރުގެ ބިން ހިއްކައިފައެވެ. އެ މަސައްކަތް ނިމުނީ މި އަހަރުއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅުން އަދި އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ނިންމައިފައެވެ. މި ސަރުކާރުން ވަނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ވެސް އެއްކޮށް ބަދަލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: