ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މަގޭ ސޯލާ“ ޕްރޮޖެކްޓުގެ ދަށުން ގެތަކުގައި ސޯލާ ފެނަލް ހަރުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ގެތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން ހަކަތަ އުފެއްދުމަށް ސަރުކާރުން ފެށި ”މަގޭ ސޯލާ“ ޕްރޮޖެކްޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ގެޒެޓު ކޮށްފައިވާ އިއުލާނެއްގައި ބުނީ މި ޕްރޮޖެކްޓް ފެށީ އާންމުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށާއި ރާއްޖޭގައި ލިބެން ހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުންކުރުން އިތުރުކުރުމަށް އަދި ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސީލުވުމަށް ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ.

”މަގޭ ސޯލާ“ ޕްރޮގްރާމުގައި އަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތް:

  • ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދޭނީ ހަމައެކަނި ގެތަކަށް.
  • ގެތައް ކަނޑައަޅާނީ އާއްމުކޮށް ހުޅުވާލުމުން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން.
  • މި ޕްރޮގްރާމަށް އެދި ހުށަހަޅާނީ ފެނަކަ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް.
  • ސޯލާ ޕީވީ ސިސްޓަމް ހަރުކުރެވޭނެ ގެތަކާއި ގެތަކަށް ދޫކުރެވޭ ސޯލާ ޕީވީ ސިސްޓަމްގެ ސައިޒު ކަނޑައަޅާނީ ނެޓް މީޓަރިން އުސޫލުގެ ދަށުން، އަދި ގޭބިސީތައް ސާވޭކުރުމަށް ފަހު.
  • މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދޭ ސޯލާ ޕީވީ ސިސްޓަމަކަށް އެޑްވާންސް ޕޭމަންޓެއް ނުނަގާނެ. ނަމަވެސް، ހަރުކުރުމުގެ ފީގެ ގޮތުގައި ސިސްޓަމުގެ އަގުގެ 10 ޕަސެންޓް ނަގާނެ. އެ 10 ޕަސެންޓަށް ވާ ރުފިޔާ ކޮންޓްރެކްޓުގައި ސޮއިކުރާއިރު ދައްކަން ޖެހޭނެ.

މި ޕްރޮގްރާމްގައި އއ. އަދި އދ. އަތޮޅު ފިޔަވާ އެހެން ހުރިހާ އަތޮޅަކަށް ވަކި އަދަދަކަށް ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދޭން ވަނީ ނިންމައިފައެވެ. މި ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމް ހޯދާ އެސިސްޓަމަށް މަހުން މަހަށް ކަރަންޓު ބިލުގައި ހިމަނައިގެން އަގު އަދާކުރާ ފަރާތްތަކުން އަގު ނުދެއްކުމުން އަމަލުކުރާނީ މިހާރު ވެސް ކަރަންޓު ބިލު އަދާނުކުރުމުން ހިނގާ އުސޫލު،“ އެ އިއުލާނުގައި ބުންޏެވެ. މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ދަށުން ހަރުކުރާ ސޯލާ ޕީވީ ސިސްޓަމްތައް މަރާމާތުކޮށް ބަލަހައްޓަން ޖެހޭނީ އެ ސިސްޓަމެއްގެ ވެރިފަރާތުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: