ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ސަރުކާރުގައި އައިސްޕްލާންޓު ހިންގަން ފެނަކައާ ޙަވާލުކުރުމުގެ ނަތީޖާއަކަށްވީ ގިނަ އައިސްޕްލާންޓުތަކުގެ އޮޕަރޭޝަން ހުއްޓުން: މިނިސްޓަރ ޝިޔާމް

ނައިފަރު ދާއިޜާގެ މެންބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ސަރުކާރުގައި އައިސްޕްލާންޓު ހިންގަން ފެނަކައާ ޙަވާލުކުރުމުގެ ނަތީޖާއަކަށްވީ ގިނަ އައިސްޕްލާންޓުތަކުގެ އޮޕަރޭޝަން ހުއްޓުންކަމަށް ފިޝަރީޒް މިނިސްޓަރ އަޙުމަދު ޝިިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިޔާމް އެހެން ވިދާޅުވީ ހޯރަފުށީގެ އައިސްޕްލާންޓާ ގުޅޭގޮތުން އެ ދާއިރާގެ މެމްބަރު އަލީ މޫސާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، މިދިޔަ ސަރުކާރުގައި ފެނަކަ ކުންފުންޏާ އައިސްޕްލާންޓުތައް ހަވާލުކުރި ކަމަށާއި، ނަމަވެސް ފެނަކަ ކުންފުންޏަކީ އައިސް ޕްލާންޓު ހިންގުމަށް ޤާއިމުކޮށްފައިވާ ކުންފުންޏެއް ނޫން ކަމަށެވެ.

ފެނަކައަކީ މީ އައިސްޕްލާންޓު ހިންގަން އޮންނަ ކުންފުންޏެއް ނޫން، ފެނަކައިގެ މައިގަނޑު މަސައްކަތަކީ ކަރަންޓު ދިނުން ރައްޔިތުންނަށް، ދެން ބައެއް ރަށްރަށުގައި އެބަހުރި ނަރުދަމާގެ މަސައްކަތްތަކާ ޙަވާލުވެފައި، ފެނަކައިގައި އައިސްޕްލާންޓުގެ ޓެކްނިކަލް ކަންކަން ކުރާނެ މީހުން ނެތުމާއެކު އައިސްޕްލާންޓުގެ ކަންކަން ހުރީ އޮޕަރޭޝަންގައެއް ނޫން، އެއާއެކު ސަރުކާރު އައިސް ޖެހުނީ މިފްކޯއާ ގުޅިގެން ކުރި މަސައްކަތުން މިހާތަނަށްވެސް މީގެ ތެރެއިން އައިސްޕްލާންޓުތައް އޮޕަރޭޝަނަށް ގެނެވިފައި ހުރީ، ހޯރަފުށީގެ އައިސްޕްލާންޓަކީވެސް މިގޮތަށް މައްސަލަ ޖެހެމުން އައި އައިސްޕްލާންޓެއް

ޝިޔާމް ވިދާޅުވީ، ހޯރަފުށީގެ އައިސްޕްލާންޓުވެސް ވަރަށް އަވަހަށް އޮޕަރޭޝަނަށް ގެނެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އޭގެ އިތުރުން މިދިޔަ ސަރުކާރުން އަޅަން ނިންމި ގޭދޮށު މަސްފެކްޓަރީއާ ގުޅޭގޮތުން އަމާޒުވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގޭދޮށު މަސްފެކްޓަރީއެއް މިއަދު ނެތް ކަމަށާއި، ކޮންޓްރެކްޓަރުންްނަށް ފައިސާ ނުލިބުމުގެ ސަބަބުން އޭޭރު އެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށެވެ.

އެހެންނަމަވެސް މިހާރު ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ޒަޢާމަތުގައި އަލުން އަވައްޓެރި އިންޑިއާއާއެކު މަޝްވަރާކޮށް އެ މަސައްކަތްތައް އަލުން ފަށައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިކަން ކުރިއަރުވައި ތަރައްޤީ ކުރުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: