ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯއްޗާއި، ފްލެޓުތައް މައްސަަލައިގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް ނަސީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅު ގޯތި ލިބުނު ފަރާތްތަކަށް ސަރުކާރުން ހަމަޖައްސައިދޭ އާ ޕްލޮޓްތަކުގެ ގުރު ގެނުމަށް، ސަރުކާރުގެ އޮފިޝަލުން ހަމަޖައްސާފައިވާ މައްސަލައާއި، ގޯއްޗާއި ފްލެޓުގެ ހައްގުވެރިންނަށް އެތަން ތަން ހަވާލުކުރުން ލަސްވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ހުށައެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. މިއަދުގެ މަޖިލީހުގެ ތަޅުމުން މި މައްސަލަ ބޭރުކޮށްލީ 46 މެންބަރުންގެ ވޯޓާއިއެކުއެވެ. މައްސަލަ ބަލައިގަންނަން ފެންނަކަމަށް ވޯޓުދެއްވީ 10 މެންބަރުންނެވެ.

މީކާއީލް ހުށައެޅުއްވި މައްސަލައިގައި ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގާފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅާއި، ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް ލިބޭ ޕްލޮޓްތައް ކަނޑައެޅުމަށްޓަކައި ގުރުއަތު ނެގުން ކުރިއަށް ގެންގޮސް، ގޯތި ލިބޭ ޕްލޮޓުތައް އެކަށައަޅާ ގޯތިގެ ރަޖިސްޓްރީ، ގޯތީގެ ހައްގުވެރިންނަށް ހަވާލުކޮށްފައިވަނިކޮށް، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމަށް ވަޑައިގެން، ގުޅީ ފަޅާ ގިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭން ތިން ފަހަރަށް ބަދަލުކޮށް، ގޯތި ލިބުނު ބައެއް ފަރާތްތަކުގެ ޕްލޮޓްތައް ބަދަލު ކުރުމަށް ނިންމާފައިވާކަން މީކާއީލްގެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އެ ފަރާތްތަކަށް ދޭ ޕްލޮޓްތަކުގެ ގުރުއަތު އަލުން ނެގުމަށް ނިންމާފައިވާކަން ފާހަގަކޮށް މައްސަލައިގައި ވަނީ މި ގުރުއަތު 29 އޮކްޓޯބަރގައި ކުރިއަށް ގެންގޮސްފައިވަނީ ގޯތީގެ ހައްގުވެރިންނަށް އެގުމަކާއި ނުލާކަމަށެވެ. އެމީހުންނަށް ގުރުއަތުލުމުގައި ބައިވެރިނުވެވި، މިނިސްޓްރީގެ އޮފިޝަލުން ގުރުއަތު ނަގާ ގޮތަށް ހަމަޖައްސާފައި ވުމަކީ، ކޮރަޕްޝަނަށް މަގުފަހިވާކަމެއްކަމަށް މީކާއީލްގެ މައްސަލައިގައިވެއެވެ.

މިކަމުގެ ސަބަބުން ގޯތިގެ ހައްގުވެރިންގެ މުދަލަށް ނުހައްގުން އަރައިގަތުމުގެ ފުރުސަތުވެސް ފަހިވެގެންދާކަމަށް ބުނެފައިވެއެވެ. އަދި ގުރުއަތުލުމުގައި އެއްވެސް ހާމަކަމެއް ނެތްކަމަށާއި، އެހެންވެ ރައްޔިތުންގެ މެދުގައި އެތައް ޝައްކުތަކެއް އުފެދެމުންދާކަމަށްވެސް މައްސަލައިގައިވެއެވެ. ފްލެޓް ލިބުނު މީހުންގެ ލިސްޓުވެސް އަލުން ރީއިވެލުއޭޓު ކުރަނީ ޝައްކު އުފެދޭ ގޮތަށްކަމަށް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ބޯހިޔާވހިކަމުގެ ހައްގުތަކަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުން ކުރަމުންދާ މިފަދަ ކަންކަން ހުއްޓުމަކަށް ގެނެސް، މިކަންކަން ދެ ފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށާއި، އަިދ އިތުރު ލަސްތަކަކާއި ނުލައި މި މަސައްކަތްތައް ނިންމާ، ގޯއްޗާއި ފްލެޓުތައް ހަވާލުކުރުމަށް ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: