ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބާއި ދިމާކޮށް ދިރާސާ ކުރުމެއްނެތި މަހުގެ އަގު ބޮޑު ކުރި: ޝިޔާމް

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އަޙުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބާއި ދިމާކޮށް ދިރާސާކުރުމެއްނެތި ނިމިދިިޔަ ސަރުކާރުން މަހުގެ އަގު ބޮޑުކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އަދުގެ ސަރުކާރުން 48 ގަނޑިއިރު ތެރޭގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދޭނެ ކަމަށްބުނެ ވައުދުވެފައި ވީ ނަމަވެސް އެ ވައުދު ނުފުއްދާ އޮތީ ކީވެތޯ، މަރަދޫ ދާއިރާގެ މެމްބަރ އަޙްމަދު ދީދީ ސުވާލު ކުރެއްވުމުން، އެކަމަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އިންތިހާބާއި ދިމާކޮށް ދިރާސާކުރުމެއްނެތި ނިމިދިިޔަ ސަރުކާރުން މަހުގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށެވެ. މަހުގެ އަގުބޮޑުކޮށް އެމްޑިޕީގެެ ަ ސަރުކާރުން ނިމިގެންދިޔައިރު، ބެކްލޮގްގެ ގޮތުގައި 250 މިލިއަން ރުފިޔާ ހުރި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

“ ރިޔާސި އިންތިޙާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާއި ދޭތެރޭގައި ޔަޤީންނުވެސް އިންތިހާބު ކާމިޔާބުވެވަޑައިނުގަންނަވާނެ ކަން ޔަޤީންވާތީވެ، އެއްވެސް ކަހަލަ ދިރާސާއެއް ކުރުމެއްނެތި މަހުގެ އަގު އޭރު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރި“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، 250 ރުފިޔާގެ ބެކްލޮގެއް އޮތް ނަމަވެސް، ވެރިކަމާއި ހަވާލު ވުމަށްފަހު ރަމަޞާން މަހުގެ ކުރިއަށް އެ ފައިސާ ދައްކައި ހަލާސްކޮށްފަިއވާ ކަަމަށެވެ. އަދި އަދުގެ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ޤަވައިދުން ދެމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ބޭއްވުމަށް ދުނިޔޭގެ ބާޒާރާއި ގުޅިގެން މަހުގެ އަޤު ކަނޑައެޅަން ޖެހޭ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ. ވޭތިވެދިޔަ 5 އަހަރު މިފްކޯއިން ބޭނުންވާ އަގެއްގައި މަސް ކިރުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް އަދާ ހަމައަށް އައިރު އެއްވެސް ކަމެއް ހާސިލްވެފައިނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: