ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ނިމިގެނދާއިރު، 25 ހާސްޓަނުގެ މަސްރައްކާކުރެވޭނެ ސްޓޯރޭޖް ހުންނާނެކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
250 ދަރަނި އޮތްކަމަށް ބުނާއިރު، ސްޓޯރޭޖްގައި މަސްހުރިތޯ ރައްޔިތުން މަޖިލިހުގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ ނާޒިލް ސުވާލު ކުރެއްވުމުން ޖަވާބުގައި ވަޒީރު ވިދާޅުވީ، މިހާރު ކެޕޭސިޓީ ހުރި ގޮތުން އެއްފަހަރާ ރައްކާކުރެވޭނީ 8500 ހާސް ޓަނު މަސްކަމަށެވެ. އަދި 250 މިލިއަން ރުފިޔާގެ މަހުގެ ވާހަކަ ދައްކާއިރު އެވަރަށް މަސް ރައްކާކުރެވޭނެ، ސްޓޯރޭޖެއް ނެތްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ސަރުކާރުން ނިމިގެންދާއިރު، ސްޓޯރޭޖް ބޮޑު ކުރެވިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
250 މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތީ، އަޅުގަނޑުމެން މި ދައްކަނީ ކެޕޭސިޓީ ނެތް ވާހަކަ، ކޮންތާކުތޯ އެ މަސް ރައްކާކުރާނީ، މިއަދު ދިވެހި ރާއްޖޭގެ ސްޓޯރޭޖް ކެޕޭސިޓީއަކީ 8500 ޓަނު ، މި ސްޓޯ ކުރެވެނީ، ކިހިނެއްތޯ 250 މިލިއަން ރުފިޔާގެ ޓަނު އެސްޓޯރޭޖްގައި ސްޓޯކުރާނީ“ ވަޒީރު ވިދާޅޫވިއެވެ.
ވަޒީރު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަށް ބަލާއިރު 250 މިލިއަން ރުފިޔާގެ މަސް ސްޓޯ ކުރެވޭނެ ސްޓޯރޭޖްއެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް 4،000 ޓަނަށް ބޮޑުކުރުމުގެ މަސައްކަތް ކުަރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަސައްކަތް ކުރުމަށް އިންޑިއާގެ ކުންފުންޏަކާއި 23 މިލިއަން ޑޮލަރަށް ހަވާލުކޮށް އަދުގެ ސަރުކާރުން ފަށާފައިވާ ކަަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ ދަށުން ދުވާލަކު 200 ޓަނުގެ މަސް ފްރީޒް ކުރެވޭނެ ގޮަތަށް ބްރައިން ފްރީޒިން ފެސިލިޓީއެއް ޤާއިމުކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މަސް ފިނިކޮށް ބެހެއްޓުމަށް 80 ޓަނުގެ ރެފްރިޖަރޭޓަޑް ސީ ވޯޓަ ސިސްޓަމެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ފެލިވަރުގައި ތަރައްގީ ކުރާ އެ ކޯލްޑް ސްޓޯރޭޖަކީ މިހާތަނަށް ރާއްޖޭގައި ގާއިމުކުރެވޭނެ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖް އެވެ.

