ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަފްގާނިސްތާނުގެ މަންދޫބާއި ބައްދަލުކުރެއްވީ ސަރުކާރުގެ ހުއްދަ ނުހޯދާ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަފްޣާނިސްތާނުގެ ފަރާތުން ޕާކިސްތާނުގައި ހުންނަވާ މަންދޫބާ އެކު ބޭއްވި ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ހުއްދައާއެކު ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއް ނޫން ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ކަމާއި ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅު މިހާރު ވަނީ އަޅާފައިކަމަށެވެ.

ދިވެހިރާއްޖޭން ގައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލެއް އުފެދޭ ހާލަތެއްގައި އަބަދުވެސް ބަލަނީ އ.ދ. އިން ކަނޑައަޅާފައިވާ މިންގަޑުތަކާއި އުޞޫލުތަކަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އ.ދ. ގައި އަފްޣާނިސްތާނު ތަމްސީލުކުރާ ފަރާތަކީ އަފްޣާނިސްތާނުގެ ސަރުކާރުގެ ގޮތުގައި ދިވެހި ސަރުކާރުން ބަލައިގަންނަ ފަރާތް ކަމުގައި ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި އާއްމު ވެފައިވާ ފޮޓޯ އަކާއި ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުން ދާއިރު އެކަމާއި ގުޅިގެން އަފްޣާނިސްތާނު އެމްބަސަޑަރާއި ބައްދަލު ކުރެއްވުމަށް ރާއްޖޭގެ ފަރާތުން ޕާކިސްތާނަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރު ވަޑައިގަތީ އެމްބަސީގެ ޑިޕްލޮމެޓުންނާއި އެކު ރަސްމީ ކާރު ކޮޅުގައި ދިވެހިރާއްޖޭގެ ދިދަ ނަންގަވައިގެން ކަމަށް ހަބަރުތަކުގެި ރިޕޯޓުވެސް ކޮށްފައިވެއެވެ.

އދ.ގައި އަފްޣާނިސްތާނު ތަމްސީލު ކުރަނީ ތަލިބާނުން ހަނގުރާމަކޮށްގެން އެ ގައުމުގެ ވެރިކަން ހޯދުމުގެ ކުރިން އޮތް ސަރުކާރުން ކަނޑައެޅި މަންދޫބެވެ. ތަލިބާނުން އެކުލަވާލި ސަރުކާރުން އދ.އަށް ކަނޑައެޅި މަންދޫބު އަދިވެސް އދ.އިން ބަލައިގެންފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: