ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ މިނިވަންކަން ދަމަހައްޓަން ރައްޔިތުންނަށް ވައުދުވިން، ކޮންމެ ދުވަހަކު މަސައްކަތް ކުރަނީ އެކަމަށް: ރައީސް

ނަޞްރު ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމާއި ހަވާލުވެވަޑައިގެން މިދިޔަ އަހަރެއްގެ ތެރޭގައި ކުރެވުނު އެންމެ ބޮޑު އެއް މަސައްކަތަކީ، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނަޞްރު ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ވިދާޅުވީ ތަފާތު އެކި މުނާސަބާތަކާއި ގުޅުވައި ބައްދަލުވުންތަކާއި ޖަލްސާތައް ކުރިޔަށް ގެންދިއުމުން އެކަނި ނުފުދޭކަމަށާއި، އޭގެއިން ނަތީޖާތަކެއް ވެސް ނިކުންނަން ޖެހޭކަމަށެވެ. އެގޮތުން ނަސްރުގެ ދުވަސް ފަދަ ހާއްސަ ދުވަހެއް ފާހަގަކުރުމަށް ބާއްވާ ހަފްލާއިން، ގައުމަށްޓަކައި ވެފައިވާ މަތިވެރި ޖިހާދުގެ ފައިދާއެއް އަންނަން އޮތް ޖީލުތަކަށް ކުރަން ޖެހޭކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 1988، ނޮވެމްބަރު 03 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއާއި، އެ ހަމަލާއިން ސަލާމަތްވުމަށް އެކަން ކުރެވުނު ގޮތުން ފިލާވަޅު ލިބިގަނެ އަދުގެ ޖީލުން މާދަމާއަށް ފޯރުކޮށް ދިނުމަށް ކުރަން ހުރި މަސައްކަތްތައް ގިނަކަމަށެވެ. އެހެންކަމުން އަމާޒަކީ މިފަދަ ބައްދަލުވުންތައް ބާއްވައި، އެ މައުލޫމާތުތައް ފޯރުކޮށްދީ ޒިންމާ އަދާކުރުންކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވެ މި ބައްދަލުވުންތައް މި ބާއްވަނީ، ނޮވެމްބަރު 3 1988 ގައި، އަޅުގަނޑުމެންނަށް ކުރިމަތިވި އުދުވާނީ ހަމަލާއާއި، އެ ހަމަލާއިން ސަލާމަތްވުމަށް އެކަން ކުރެވުނު ގޮތާއި މި ހުރިހާކަމަކުން ފިލާވަޅު ލިބިގަނެ އަދުގެ ޖީލު، މާދަމާއަށްޓަކައި ފޯރުކޮށްދިނުމުގައި ފިލާވަޅުތަކެއް ނެގުން މި ބައްދަލުވުވުމުގެ ބޭނުމަކީ ހަގީގަތުގައި، އެއީ އަޅުގަނޑުމެންގެ ބޮލުގައި އެޅުވިފައިވާ ޒިންމާއަކީ..

ވެރިކަމަށް އައުމަށް ރައްޔިތުންނަށްވި އެންމެ ބޮޑު ވައުދު ހަނދާނަށް ގެންނަވައި، ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ދެއްވި ފުރަތަމަ ތަގުރީރުގައި ވެސް ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ ގައުމާއި ގައުމުގެ މިނިވަންކަން އިސްކުރުން ކަމަށެވެ. އެ ދުވަހުން ފެށިގެން، މިއަދާއި ހަމައަށް ކޮންމެ ދުވަހެއް ވެސް މަސައްކަތް ކުރައްވާފައި ވާނީ ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށްކަމުގައި ރައީސް ވިދާޅުވި އެވެ.

ގައުމުގެ އަސްކަރީ ބާރު ވަރުގަދަކޮށް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިފާއީ ބާރު ވަރުގަދަކޮށް މިދިޔަ އަހަރެއްގެ ތެރޭގައި ސިފައިންގެ ވަރުގަދަ ކުރުމަށްޓަކައި ޒަމާނަށް ފެތޭ ގޮތަށް މުހިންމު ފެންވަރަކަށް ގެނައުމުގެ ގޮތުން އެއާކޯ ގާއިމު ކުރެވުނު ކަމަށެވެ. އަދި ޒަމާނަށް ފެތޭ ޔޫއޭވީ ގެނެވި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ގާބިލުކަން ދިވެހިންގެ ސިފައިންގެ ތެރޭގައި ގާއިމު ކުރެވޭނެ މަގު ހޯދައި އެކަން ފުޅާ ކުރުވުނުކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ކޯސްޓްގާޑުގެ ކެޕޭސިޓީ ވަރުގަދަ ކުރުމަށް، ސްޕެޝަލް ބޯޑްކޯޑްރޮން ގާއިމުކުރެވިގެން ދިޔަކަން ރައީސް ފާހަގަކުރެއްވި އެވެ. މިއީ ކޯސްޓްގާޑް ޑަބަލްކުރުމުގެ މަސައްކަތުގެ ތެރެއިން މިއަދު ފެށުނު މަސައްކަތަކަށްވާއިރު ފްލީޓު ދެގުނައަށް ބޮޑު ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ދާނެކަމަށް ރައީސް ވިދާޅުވި އެވެ. ކަނޑުއޮއްގިރި ކޯސްޓުގާޑާއި ހަވާލު ކުރެވިފައިވާއިރު ރައީސް ވިދާޅުވި ގޮތުގައި އެތަނުގައި ކުރިޔަށް ދާނީ ފްލީޓު ބޮޑުކޮށް ދެމެހެއްޓުމުގެ މަސައްކަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: