ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓިތައް ހިންގާފައިވަނީ ހަރުދަނާ އުސޫލެއްގެ ތެރެއަކުން ނޫން: އަބްދުލްލަޠީފު

ދިއްދޫ ދާއިރާގެ މެމްބަރ އަބްދުލްލަޠީފު މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާޒީއަށް ބަލާއިރު ސިޔާސީ ޕާޓީތައް ހިންގާފައިވަނީ ހަރުދަނާ އުސޫލުގެ ތެރެއިން ނޫން ކަމަށް ދިއްދޫ ދާއިރާގެ މެމްބަރ އަބްދުލްލަޠީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުއަށް އިސްލާހު ގެނެއުމުގެ ބިލު ހުށައަޅައިދެއްވަމުން މެމްބަރ އަބްދުލްލަޠީފު ވިދާޅުވީ، މީގެ ކުރީ އަހަރުތަކަށް ބަލާއިރު، ޕާޓީތައް ހިންގާފައިވަނީ އެ ޕާޓީއެއްގައި ހުންނަ އެންމެ އިސް ފަރާތް އެދޭ ގޮތަށް ކަމަށެވެ. ސިޔާސީ ޕާޓީގެ ޤާނޫނުއަށް އިސްލާހު ކުރުމުގެ ބިލުގެ ސަބަބުން ޕާޓީތަކަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށާއި ހަމަހަމަކަން ޤާއިމު ވެގެންދާނެ ކަމަށް މެމްބަރ ވިދާޅުވިއެވެ. އަދި ބިލު އިސްލާހު ކުރުމަށްފަހު ޕާޓީތަކުގެ ޒިިންމާއާއި މަސްއޫލިއްޔަތު އަދާކުރަންޖެހޭނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.

“ މި ބިލުގެ ސަބަބުން ވަރަށް ބޮޑެތި ބަދަލުތައް ގެނެސްދޭނެ، މި ބިލިގެ ސަބަބުން ލިބޭ ފައިސާ، ޕާޓީތަަކަށް ލިބޭ އާމްދަނީ އިތުރުވެ އެ ބާތްވާތްތައް ހަމަޖެހިގެން ހަމައެއްގެ މަތިން ހަމަ ޖެހިގެންދާނެ. ހަމަ މި ބިލުގެ ސަބަބުން ޖޫރިމަނާ ތަކާއި އަދި ޕާޓީތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް ޕާޓީން އުފުލަން ޖެހޭނެ“ މެމްބަރ ވިދާޅުވިއެވެ.

2005 ވަނަ އަހަރު ޕާޓީތައް އުފެދިގެން އައިސް 2023 ވަނަ އަހަރާއި ހަމައަށް އައިރުވެސް ރަނގަޅު އެދެވޭ ހެޔޮ ބަދަލެއް ނުލިބޭކަމަށް މެމްބަރ ވިދާޅުވިއެވެ. ކޮންމެ ސިޔާސީ ޕާޓީއަކުންވެސް މަސައްކަތް ކުރަމުން އައީ އެބަޔަކު ބޭނުންވި ގޮތަށް ކަމަށް މެމްބަރ ވަނީ ފާހަގަކުރައްވައިފައެވެ. މެމްބަރ ވިދާޅުވީ، ސިޔާސީ ޕާޓީގެ ޤާނޫނުއަށް އިސްލާހު ކުރުމުގެ ފުރުސަތު 19 ވަނަ ރައްޔިތުން މަޖިލަށް ލިބިގެން ދިޔަކަމަށާއި އަދި އިލެކްޝަން ކޮމިޝަނުންވެސް އެކަމަށް އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް 19 ވަނަ ރައްޔިތުން މަޖިލިހުގައި ތިބި ފަރާތްތަކުން އެކަން ކުރައްވަން ބޭނުންނުވި ކަމަށް މެމްބަރ ވިދާޅުވިއެވެ.

މެމްބަރ ވިދާޅުވީ، މިއަދު އެކަން އިސްލާހު ކުރުމަށް 20 ވަނަ ރައްޔިތުން މަޖިލިހުން މަސައްކަތް ކުރަމުންދާއިރު، މި އިސްލާހުގެ ތެރޭގައި ހަރުދަނާ އުސޫލުތަކެއް ހިމަނައިފައިވާނެ ކަމަށެވެ. އަދި ގެނެވޭ ބަދަލާއެކު ރަށްރަށުގައިވާ ޖަގަހަތައް ޤާއިމުކުރެވި، ކޮމިޓީތަކުން ގެންނަން ބޭނުންވާ ބަދަލު ގެނެވިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: