ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތައް އޮބަހައްޓަން ޖޫރިމަނާ ކުރަން ނިންމީ، ބާރުތައް އެއްކުރަން: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތައް އޮބަހައްޓަން ޖޫރިމަނާ ކުރަން ނިންމީ، ބާރުތައް އެއްކުރުމަށްކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ މި އިސްލާހުން ފާހަގަވާ ކަންތަތަކުގެ ތެރޭގައި ސިޔާސީ ޕާޓީތައް ރަޖިސްޓްރީ ކުރާ ގޮތަށް ގެނެސްފައިވާ ބަދަލު ހިމެނޭކަމަށެވެ.

މިކަމަށް ހުށައަޅާފައިވާ އިސްލާހުތަކުގެ ސަބަބުން ޕާޓީތައް ރަޖިސްޓްރީ ކުރުމަށް އޮތް ފުރުސަތު އިތުރަށް ހަނިވެގެންދާކަން އޭނާއަށް ފާހަގަވީކަމަށް މައުރޫފް ވިދާޅުވިއެވެ. ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ގޮތަށް ގައުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމުން، ނިންމުންތައް ނިންމުމުގައި ގިނަ ފިކުރުތަކަކަށް ޖާގަ ދެވޭކަމަށެވެ. އަދި މިއީ ރަނގަޅުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ އެންމެ ފަހު ވަގުތު، ގައުމުގެ އެތައް މިލިއަން ރައްޔިތުންނެއް އެބަތިބި މިހާރު އެމެރިކާގައި އޮތް ދެ ފިކުރު އެއީ އެންމެ ރަނގަޅު ދެ ފިކުރުކަމަށް ނޫންކަމަށް ގަބޫލުކޮށް، އިތުރު ފިކުރެއް އުފަންވާން ޖެހޭނެކަމަށް އެތައް ބަޔަކު އެބަ ދެކޭ.

މައުރޫފް ވިދާޅުވިއެވެ.

ރާއްޖޭގެ ބަޖެޓު އެކުލަވާލާއިރު، ބަޖެޓުގެ 0.1 އިންސައްތައަކީ ސިޔާސީ ޕާޓީތަކަށް ހާއްސަ ކުރާ ފައިސާކަމަށާއި، ނަމަވެސް މިހާރު ހުށައަޅާފައި މިވާ އިސްލާހުގެ ސަބަބުން ޕާޓީތަކަށް ލިބެމުން އަންނަ ފައިސާ އިތުރަށް މަދުވެގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންނާއި އެއް ފިކުރެއްގައި ވާހަކަދައްކާނަމަ، ސިޔާސީ ޕާޓީތަކަށް ބޮޑެތި ހަރަދުތަކެއް ދައުލަތުން ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ފާހަގަކޮށް މައުރޫފް ވިދާޅުވީ، އެއީ ރައްޔިތުން ބޭނުންވާފަދަ ބަދަލުތަކެއް ސިޔާސީ ޕާޓީތަކަށް ގެެނެސް ނުދެވޭތީކަމަށެވެ. އަދި ވިދާޅުވީ، އެހެންކަމުން އެ އަދަދު ގާނޫނުން ކުޑަކޮށް، ޕީއެންސީއަށް ލިބެން އޮތް ފައިސާ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

މައުރޫފް ވިދާޅުވީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދަނީ ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާ އިތުރުކުރުމަށްޓަކައިކަމަށެވެ.

ޕާޓީތަކަށް ލިބޭ ފައިސާގެ އަދަދު މަދުކުރުމަށް އިސްލާހު ހުށައަޅާފައިވާ މި ދަނޑިވަޅަކީ، އެއްވެސް ޕާޓީއަކުން މާ ބޮޑެތި ގޯސްތަކެއް ހަދަމުންދާ ދަނޑިވަޅެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ޕާޓީތައް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް މި ގާނޫނަށް އިސްލާހު މި ގެންނަނީ، ކީއްވެގެންތޯ މައުރޫފް ސުވާލު އުފެއްދެވިއެވެ.

ސިޔާސީ ޕާޓީތަކުން ސަރުކާރުތަކާއި، ނުވަތަ ގާނޫނުތަކާއި ދެކޮޅަށް ކަންތައްތައް ކުރަމުންދާ ވަގުތެއް ނޫން މިއީ. ހައްދުފަހަނައަޅައިގެން ގޮސްގެންނެއް ނޫން މިއުޅެނީ، ކީއްވެގެންބާއޭ ކުއްލިއަކަށް 100،000 ރުފިޔާއަށް ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރެވޭ ގޮތަށް މި ބަދަލު ގާނޫނަށް މި ގެނެވެނީ.

މައުރޫފް ވިދާޅުވިއެވެ.

ސަރުކާރުގެ މަސައްކަތްތަކުން ހާމަވަނީ، ރާއްޖޭގެ ވެރިކަން ހުދުމުހުތާރުކަމާއި ދިމާލަށް މިސްރާބު ޖަހާފައިވާކަންކަމަށް މައުރޫފް ވިދާޅުވިއެވެ. ރާއްޖޭގައި ހުރި ހުރިހާ މިނިވަން މުއައްސަސާތަކެއް ރައީސުލްޖުމްހުރިއްޔާގެ އަތްދަށަށް ގެންނަ މަންޒަރު ފެނިގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތައް އޮބަހައްޓަން ޖޫރިމަނާ ކުރަމުންދަނީ، ބާރުތައް އެއްކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ބަދަލުގައި ޕާޓީތަކަށް ބޭނުންވަނީ މިނިވަންކަންކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: