ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާޑެއްދޫ އެއާރޕޯޓް ދަނީ ވީނާރަވަމުން: ސައުދުﷲ ޙިލްމީ

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟
ވިލާ އެއާރ އިން ކާޑެއްދޫ އެއާރޕޯޓްގައި އެއްވެސް ކަމެއް ނުކޮށް ބެހެއްޓުމުގެ ސަބަބުން އެތަން ދަނީ ވީނާރަވަމުން ކަމަށް ތިނަދޫ ދާއިރާގެ މެމްބަރ ސައުދުﷲ ޙިލްމީ ވިދާޅުވެއްޖެއެވެ.
އިޤްތިޞާދީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ވިދާޅުވީ، ކާޑެއްދޫ އެއަރޕޯޓަކީ އާމްދަނީ ލިބޭނެ ގޮތަކަށް ތަރައްޤީ ކުރެވިދާނެ ވަސީލަތެއް ކަމަށެވެ. ނަމަވެސް، މިހާރު އެތަން ވަނީ އިހުމާލުވެފައި ކަމަށް ފާހަގަކުރެއްވިއެވެ. މި ކަންބޮޑުވުން ތިނަދޫ، މަޑަވެލި އަދި ކާޑެއްދޫގެ ރައްޔިތުން ވެސް ފާޅުކޮށްފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު ވަނީ، އެއާރޕޯޓްގެ އެރައިވަލް ހޯލުގައި އެއަރކޯން ނައްޓާލާފައިވާ ތަންތަން މަރާމާތު ނުކޮށް ހުރުމާއި، އެ ސަރަހައްދުގައިވާ ޓްރޮލީތައް ބޭނުން ނުކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މި މަސައްކަތް ނުނިމި 4 މަސް ވެފައިވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

މެންބަރު ވިދާޅުވީ، މިހާރު އޮތް ގޮތުން، އެ ސަރަހައްދުގެ ހުރިހާ ރިސޯޓަކަށް ދަތުރުކުރާ ފަތުރުވެރިން ބޭނުންކުރަނީ ކޫއްޑޫ އެއަރޕޯޓްގެ އެރައިވަލް ހޯލް ކަމަށާއި، ކާޑެއްދޫ އެއަރޕޯޓް މިހާލަތުގައި އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި އެއާރޕޯޓަށް އަންނަ ފަރާތްތަކުގެ ފޮށިތައް ބެހެއްޓުމަށް ހަދާފައިވާ ތަން ތަރައްޤީކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. ކާޑެއްދޫ އެއަރޕޯޓުން އިޤްތިޞާދީ ގޮތުން ފައިދާތަކެއް ލިބިގެންދާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، އެއަރޕޯޓް ތަރައްޤީ ނުކުރެވި ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ކަޅުބިލަމަހުގެ ސިނާޢަތު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއާއި، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާ ދެމެދު 8 ޑިސެންބަރު 2005 ގައި ސޮއިކޮށްފައިވާ ގދ. ހޯޑެއްދޫގެ ބިމާއި އެ ބިމާ އިންވެގެން ހިއްކާ ސަރަޙައްދު ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގެ ދަށުން ކުއްޔަށް ނަގާފައިވާ ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ ބިމުގެ ކުލި ރިވައިޒް ކޮށްދިނުމަށް ކަމާ ގުޅޭ ފަރާތްތަކަށް އެކި ފަހަރުމަތިން ދަންނަވާފައި ނަމަވެސް، އެ މައްސަލައަށް ހައްލެއް ލިބިފައި ނުވާ ކަމަށް އެ އަތޮޅު ކައުންސިލްގެ އިދާރާއިން 10 އޮކްޓޯބަރު 2024 ގައި ފޮނުއްވާފައިވާ ސިޓީއާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ބޭފުޅުންނާ ކޮމިޓީގައި ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި، ދިގު މުއްދަތެއް ވަންދެން ހައްލު ނުވެ ލަސްވަމުންދާ މި މައްސަލައާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މި މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ހައްލުކުރުމަށް މިނިސްޓްރީގެ ފަރާތުން އަޅަން ގަސްދުކުރާ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.

މިނިސްޓްރީގެ ފަރާތުން މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އިލްތިޒާމްވެ، ކުރިއަށް އޮތް ތާނގައި އަޅަން ގަސްދުކުރާ ފިޔަވަޅުތަކުގެ މަޢުލޫމާތު ކޮމިޓީއާ ހިއްސާކުރެއްވިއެވެ. އަދި މި މައްސަލައިގެ ތަފްޞީލީ ރިޕޯޓެއް ތައްޔާރުކޮށް ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ވެސް މިނިސްޓްރީގެ ފަރާތުން އެއްބަސްވިއެވެ.

ކޮމިޓީގެ މެންބަރުން ވަނީ މި މައްސަލައިގެ މުހިންމުކަން ފާހަގަކުރައްވައި، އަވަސް ހައްލެއް ހޯދުމަށް މިނިސްޓްރީއަށް ބާރުއަޅުއްވާފައެވެ. އަދި މައްސަލައިގެ ކުރިއެރުން ބެލުމަށް ޓަކައި ކުރިއަށް އޮތް ތާނގައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ވެސް ނިންމާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: