ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެތައް މައްސަލައެއް ކޮމިޝަންގައި ހުއްޓާ އޭސީސީއިން އުޅެނީ ބޭކާރު މަސައްކަތުގައި: ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ހުށާއަޅާފައިވާ އެތައް ކޮރަޕްޝަންގެ މައްސަލަތަކެއް ހުއްޓާ، އޭގެ ބަދަލުގައި ބޭކާރު މައްސަލަތައް ބަލަމުންދާތީ މަޖިލިހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) ފާޑު ވިދާޅުވެއްޖެއެވެ.

ނުހައްގުން މުއްސަދިކަން ހޯދާ މައްސަލައަށް ހައްލު ގެނައުމަށް، ގާނޫނު އިތުރަށް ވަރުގަދަ ކުރުމުގެ މަގްސަދުގައި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ހުށައެޅި އިސްލާހަށް ބަހުސް ކުރައްވަމުން، ޒިޔާދު ވަނީ އޭނާ އެ ބިލަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

މިއީ ވަރަށް މުހިންމު އިސްލާހެއްކަމަށް ފާހަގަކޮށް އޭނާ ވަނީ، އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން މި ގާނޫނު އެކުލަވާލާފައި އޮތީ އެއްވެސް ނަތީޖާއެއް ނުނިކުންނަހެންކަމަށް މެންބަރުން ވިދާޅުވެފައިވާތީ އެ ވާހަކަތަކަށް ރައްދުދެއްވާފައެވެ. 2014 ވަނަ އަހަރު ގާނޫނުލްއުގޫބާތް އުފެދިގެން އައިރު އޮތީ އެމްޑީޕީގެ މެޖޯރިޓީ މަޖިލީހެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. މިއީ 2015 ވަނަ އަހަރުގެ ޖުލައި މަހު އަމަލު ކުރަން ފެށި ގާނޫނެއްކަމަށް ވިދާޅުވިއެވެ.

ރަނގަޅަށް އިއްޔަ ރައީސް ދެއްކެވި ވާހަކަ އަޑުއަހައިގެން ތެދު ބަހުން މަސައްކަތް ކުރެވޭތޯ އަޅުގަނޑުވެސް މި ބަލަނީ، ރަނގަޅަށް މިކަމުގައި ވާހަކަ ދައްކާލާއިރު، މި އިސްލާހަކީ ރަނގަޅު އިސްލާހެއް.

ޒިޔާދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުވާތަކެއް ހިނގިކަމަށާއި، އެ ދުވަހު މިއީ ހަރާން ހުކުމެއްކަމަށް ވިދާޅުވި ބޭފުޅުން، މިއަދު އަނެއްކާ އެ ތުހުމަތުތައް އެބޭޅުންނަށްވެސް ކުރައްވާކަމަށް ޒިޔާދު ވިދާޅުވިއެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ޕީއެންސީގެ މެންބަރުން ނުހައްގު މުއްސަދިކަން ހޯދިކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ކުރައްވާ ތުހުމަތުތަކަށެވެ.

މިކަންކަން ބަލަން އޮތް މުއައްސަސާކަމަށްވާ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްއާއި ނައިބު ރައީސް އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހުރިއްޔާއަށް ލިބޭ ގޮތަށް މަޖިލީހަށް އިސްލާޙު ހުށައަޅާފައިވާކަމަށް ވިދާޅުވެ ޒިޔާދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭސީސީގައި އެތައް މައްސަލައެއް އޮތްއިރު، އުޅުއްވަނީ މީޑިއާ ކައުންސިލުން ދިން އެވޯޑަކަށް މުޅި ކޮމިޝަން ހުސްވެގެންކަމަށް ޒިޔާދު ވިދާޅުވިއެވެ.

ރޭގަ ނިދީވެސް އެތާގައި، ރައްޔިތަކު ނޫޅޭ މިކަމަކާ. ރައްޔިތުން މިއުޅެނީ އެ ގެއްލުނު ފައިސާ ކޮބާތޯ ބަލަން ވެގެން. އެކަން ކުރާނެ މީހަކު ނެތް.

ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވަނީ ދެ ފުށް ފެންނަ ގޮތަކަށް ވެރިކަން ކުރައްވަން ވަޑައިގެންނެވި ނަމަވެސް ކަން ހިނގަނީ އެހެން ނޫންކަމަށެވެ. މިއަހަރަށް ފާސްކުރި ބަޖެޓަށްވީ ގޮތް ހާމަކުރުމަށް ދެކޮޅު ހަދާކަމަށް ވިދާޅުވިއެވެ. ކަންކަން ނުބެލެނީ ގާނޫނު ނެތިގެން ނޫންކަމަށާއި، މިކަމަށް ބޭނުންވަނީ އިހުލާސްތެރި ނިޔަތެއްކަމަށް ވިދާޅުވިއެވެ.

މިއާއިއެކު ޕީއެންސީގެ ޕީޖީ ލީޑާރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. އަދި ވިދާޅުވީ އޭސީސީގެ ގާނޫނަށް ހުށައެޅި އިސްލާހު މެންބަރު ވިދާޅުވެދެއްވީ އޮޅުވާލައިގެންކަމަށެވެ. ކޮމިޝަނަށް ރައީސް އާއި ނައިބު ރައީސް ސީދާ ރައީސުލްޖުމްހުރިއްޔާއަށް އައްޔަނުކުރެވޭހެން އިސްލާހުގައި ނޯންނާނެކަމަށާއި، ރައީސް ބޭނުންވާ ނަން މަޖިލީހަށް ފޮނުވައިގެން ފާސްކުރަން ޖެހޭނެކަމަށެވެ. އަދި ފަލާހު ވަނީ ޒިޔާދުގެ ވާހަކަތައް ދޮގު ކުރައްވާފައެވެ.

މިވާހަކަތަކަށް ރައްދުދެއްވާ ޒިޔާދު ވިދާޅުވީ ތެދު ބަރުދާސްތު ކުރަން އުނދަގޫވުމަކީ ވަރަށް ހިތްދަތިކަމެއްކަމަށެވެ. އަދި އޭސީސީގެ އިސްލާހާއި ގުޅިގެން ފަލާހު ހެއްދެވީ ދޮގުކަމަށާއި، އިސްލާހު ކިޔުމުން އޭނާގެ ވާހަކައިގެ ހަގީގަތް ހާމަވާނެކަމަށް ޒިޔާދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: