ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނާއި ނަރުދަމާގެ މަސައްކަތަށް ތައްޔާރު ކުރާ އެމަރޖެންސީ ރެސްޕޯންސް ޕްލޭންގެ މަސައްކަތް ފަށައިފި 

ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުގައި ޤާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތަކާއި، އެ ނިޒާމުތައް ހިންގައި ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެންމެހައި މުވައްޒަފުންނާއި ތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ދިމާވެދާނެ ކުއްލި ކާރިސާއަކާއި ގުޅިގެން ނުވަތަ ނުރައްކާތެރި ހާލަތްކުގައި އަމަލު ކުރާނެ އެމަރޖެންސީ ރެސްޕޯންސް ޕްލޭނެއް އެކުލަވާލުމަށް އެހީއެއްގެ ގޮތުން ތައްޔާރުކުރެވިފައިވާ ގައިޑްބުކް އަދި ރިޕޯޓް ޓެމްޕްލޭޓް ފައިނަލް ކުރުމަށް ވެލިޑޭޝަން ވޯކްޝޮޕެއް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ބާއްވައިފިއެވެ.

އެންވައިރޮމެންޓް މިނިސްޓްރީގައި ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި ކަމާއި ގުޅޭ 15 މުއައްސަސާއަކުން 31 ފަންނީ ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މިމަސައްކަތު ބައްދަލުވުން ފައްޓަވާދެއްވުމުގެ ގޮތުން ބޭއްވި ހަފްލާގައި މިނިސްޓަރ ޠާރިޤު އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓަރ ވިދާޅުވެފައިވަނީ ރައްތަކުގައި ޤާއިމްކުރެވޭ ފެނާއި ނަރުދަމާގެ ނިޒާމުގެ ހިދުމަތްތައް ކަށަވަރުކޮށް ރައްކާތެރި އަދި ދެމެހެއްޓެނިވި ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދިނުމަކީ މި ސަރުކާރުން އެންމެ އިސްކަމެއްދޭ ކަންކަމުގެ ތެރެއިން އެއް ކަންތައް ކަމަށެވެ. އަދި މިއީ ފެނާއި ނަރުދަމާގެ ދާއިރާއަށް ހާއްސަކޮށްގެން އެމަރޖެންސީ ރެސްޕޯންސް ޕްލޭނެއް އެކުލަވާލުމަށް މަސައްކަތްކުރެވޭ ފުރަތަމަ ފަހަރުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މި ވެލިޑޭޝަން ވޯކްޝޮޕަކީ މޫސުމީ ބަދަލުތަކަށް ހޭނުމަށާއި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށާއި ރައްޔިތުންގެ އާންމު ސިއްހަތާއި ދުޅަހެޔޮކަމާއި ގުޅިފައިވާ މުހިއްމު މަސައްކަތެއްކަމަށް ވެސް ވިދާޅުވިއެވެ.

މި ގައިޑްބުކްގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވެދާނެ ކުއްލި ހާލަތެއް ނުވަތަ ކާރިސާއަކަށް ތައްޔާރުވެ ތިބުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމާއި، ފެނާއި ނަރުދަމާގެ ނިޒާމަށް ކުރިމަތިވެދާނެ ހިރާސްތައް ވަޒަންކުރުމާއި، އެކަމަށް އެކަށީގެންވާ އިސްލާހީ ފިޔަވަޅުތައް ދެނެގަތުން ހިމެނޭނެއެވެ.

މީގެ އިތުރުން، ކުއްލި ހާލަތެއް ނުވަތަ ކާރިސާއެއް ކުރިމަތިވުމުން އިޖާބަދޭނެ ގޮތާއި، އަމަލުކުރާނެ ގޮތުގެ ޕްލޭނެއް ވެސް އެކުލަވާލައިފައި ވެއެވެ. މި ގައިޑްބުކް އާއި އެކު ފެނާއި ނަރުދަމާގެ ހިދުމަތްދޭ ކޮންމެ ރަށެއްގައި އެމަރޖެންސީ ރެސްޕޯންސް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އެންވައިރޮންމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެތެރޭގައި ފެނުގެ ކޮލެޓީއާއި ގުޅޭ މައްސަލަތަކާއި، ނަޖިސްފެން ލީކުވުމާއި، އުދައެރުން، ފެންބޮޑުވުން ފަދަ ކާރިސާތަކުގެ ސަބަބުން ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ގެއްލުން ލިބުން ފަދަ ހާލަތްތަކަށް މި ޕްލޭންގައި އަލިއަޅުވާލައިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: